ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުބިން ސަރަޙައްދުގެ ވަށާ ކޯރުކޮނުމުގެ މަސައްކަތް ފެށުމާއި ގުޅޭ
ހޯނޑެއްދޫ ދަނޑުބިން ސަރަޙައްދުގެ ވަށައިގެން ކޯރެއް ކޮނުމަށް ކައުންސިލުން ނިންމައި އެމަސައްކަތް ކޮންޓްރެކްޓަރަކާއި ވަނީ ޙަވާލުކުރެވިފައެވެ. މިމަސައްކަތް ކުރިޔަށްދާއިރު، ދަނޑުބިން ސަރަޙައްދުގެ މައި އިމާއި ޖެހިގެން ދޫކުރެވިފައިވާ ދަނޑުތަކުގެ ވެރިންގެ އެއްބާރުލެއްވުން މިކައުންސިލަށް ބޭނުންވެއެވެ. ހަމައެއާއިއެކު އިމާއި އިންވެގެން ނުވަތަ އިމަށް އަރާގޮތަށް އިންދާފައިވާ ގަސްތަކާއި ޖަހާފައިވާ ފެންސްފަދަ ތަކެތި އެބަހުއްޓެވެ. ވީމާ، ދަނޑުބިން ސަރަޙައްދުގެ ވަށައިގެން ކޮންނަ ކޯރުކޮނުމަށްޓަކައި މިތަކެތި ނަންގަވައިދެއްވައި ކައުންސިލްގެ މިމަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 މޭ 2024
ހޯދާ