މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށުގެ އެކިސަރަޙައްދުގައި 5 މަގުބައްތި ޖަހަން ބޭނުންވެއްޖެ
- އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށުގައި އެކިސަރަޙައްދުގައި 5 މަގުބައްތި ޖަހަން ބޭނުންވެއްޖެއެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މެއި 2024 ން 26 މެއި 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމާއި މަޢުލޫމާތު ޝީޓު، އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 މެއި 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގައިވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- ފޯން: 4005080
- އީމެއިލް: [email protected]
21 މޭ 2024
ހޯދާ