މަޤާމް: |
ބޯޓް ކްރޫ |
ބޭނުންވާ ޢަދަދު: |
04 |
މަސައްކަތް ކުރަންޖެހޭ ތަން: |
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކަނޑު އުޅަނދުފަހަރު |
ވަޒީފާގެ މުއްދަތު: |
1 އަހަރު (1 އަހަރު ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ). |
މުސާރަ: |
12،000 އާއި 15،000 ދެމެދުގެ ޢަދަދެއް ލިބޭނެ |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ހަވާލު ކުރެވިފައިވާ މަސައްކަތްތައް އިޙްލާސްތެރިކަމާއިއެކު ކުރުން.
- އުޅަނދުގެ ކޮންޑިޝަން ރަނގަޅަށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުން ކުރުމާއި މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދުވަހުން ދުވަހަށް ކުރުން.
- އުޅަނދުގައި ކުރާ ދަތުރުތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއި ހަމަޔަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހޭ ކަންކަން ބެލެހެއްޓުން.
- މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކަށް ފުރިހަމަޔަށް އިޙްތިރާމްކުރުން.
- ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
- އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް ކެޕްޓަނުގެ އިރުޝާދުގެ ދަށުންކުރުން.
- އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- އުޅަނދުގައި އުފެދޭ ކުނި، ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
- އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވައިދުތަކަށް ކިޔަމަންވުން.
|
ަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ): |
- ފަޅުވެރިކަމުގެ ސަނަދު އޮތުމާއެކު ކަނޑުމަތީގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ވަޒީފާ ދިނުމަށްފަހު އުޅަނދު އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން ފަޅުވެރިކަމުގެ ލައިސަންސް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ދިވެހި ބަހުންނާއި އިގިރޭސިބަހުން ލިޔެކިޔަން އެނގުން.
- ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.
- ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.
- ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.
|
ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު) |
- ފަޅުވެރިކަމުގެ ޤާބިލްކަން ހުރުން.
- ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.
- ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން.
|