ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: (IUL)H12-HC-AHR/H12-HC/2024/8
ކ.މާފުށިން 01 ކޮޓަރީގެ 04އެޕާރޓްމެންޓް ކުއްޔަށް ހިފަން ބޭނުންވޭ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ކ.މާފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 01 ކޮޓަރީގެ 04 އެޕާރޓްމެންޓް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ. ނުވަތަ މި ހޮސްޕިޓަލުގެ އޮފީހަށް ފޯމް ހުށަހެޅުން އެދެމެވެ.
ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2024 މޭ 27 ވަނަ ދުވަހުގެ 13:00އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީ ބިޑް ބައްދަލުވުން ނޯންނާނެކަމަށް ދަންނަވަމެވެ.
ބީލަން ހުޅުވުން އޮންނާނީ 2024 މޭ 30 ވަނަ ދުވަހު 13:00ގައި މި ހޮސްޕިޓަލުގެ މީޓިން ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު 6640410 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
13 ޒުލްޤަޢިދާ 1445 ހ
21 މޭ 2024 މ