މަޤާމް
|
އެނިމޭޓަރ
|
މަޤާމުގެ ރޭންކް
|
L8-E4 (T)
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ކޮންޓެންޓް ޝެޑިއުލިން އެންޑް ކޮލިޓީ އެޝުއަރެންސް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު - ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/7,800 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- ސާނަވީ އިމްތިޙާނުން ދަށްވެގެން 4 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމާއި އެނިމޭޓްކުރުމުގެ ހުނަރު ހުރުން،
- ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރު ކުރުމުގެ ޤާބިލުކަން ހުރުން،
- ޒަމާނީ ޓެކްނޮލޮޖީއާއި ގްރެފިކްސް ސޮފްޓްވެއަރތަކަށް އަހުލުވެރިވުން،
- މުވާސަލާތު ކުރުމުގެ ހުނަރު ހުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އާ އައިޑިޔާތައް އުފެއެދުމާއި އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމާއި އެނިމޭޓް ކުރުމަށް ބޭނުން ކުރުން،
- ހަވާލުކުރެވޭ މަސައްކަތާއި ގުޅޭގޮތުން ޕްރޮޑިއުސަރ ނުވަތަ ޑައިރެކްޓަރާއި ވާހަކަ ދައްކައި މަސައްކަތް ނިންމާނެ ގޮތުގެ ޓައިމްލައިންއެއް ކަނޑައެޅުން،
- ޑިޒައިން އަދި އެނިމޭޝަންތައް ހަދާއިރު ސްކެޗްތައް / ސްޓޯރީބޯޑްސް ތައްޔާރުކުރުމަށް ފަހު، މަސައްކަތާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް އައިޑިޔާ ފައިނަލްކުރުން.
- ޕްރޮފެޝަނަލްކޮށް ގްރެފިކްސް ޑިޒައިން ކުރަންއެގުން (ގްރެފިކްސްއިން ހަދަން ޖެހޭ ލޯގޯ، ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން).
- ޕްރޮފެޝަނަލްކޮށް ޓޫޑީ،ތްރީޑީ އަދި މޯޝަންގްރެފިކްސް ހެދުން (ކުންފުނީގެ އެކިއެކި ޗެނަލްތަކާއި އަދި އިވެންޓު ތަކަށް ބޭނުންވާ އެނިމޭޝަންތައް ހެދުން).
- ޓޫޑީ، ތްރީޑީ، މޯޝަންގްރެފިކްސް އަދި ގްރެފިކްސް ޑިޒައިންކުރަން ބޭނުންކުރާ އިންޑަސްޓްރީ ސްޓޭންޑަރޑްގެ ސޮފްޓްވެޔާސްތައް ފަސޭހަ ކަމާއެކު ޕްރޮފެޝަނަލްކޮށް ބޭނުން ކުރުން.
- ވީޑިއޯގެ އިތުރަށް ކުންފުންޏަށް ބޭނުންވާ ގްރެފިކްސް ޑިޒައިން އަދި ލޭއައުޓް ހެދުން.
- ދުވަހުން ދުވަހަށް ނިންމަންޖެހޭ ލައިވްތަކަށް ބޭނުންވާ ހުރިހާ ޑިޒައިންތަކާއި އެނިމޭޝަން ހަދައި ކަމާ ބެހޭފަރާތްތަކާއި ހަވާލުކުރުން.
- ޕްރޮގްރާމް އަދި ލައިވްތަކަށް ބޭނުންވާ ކެޕްޝަން، ބްރޭކަރ އަދި އެހެނިހެން ގްރެފިކްސްތަކުގެ އެނިމޭޝަންތައް ހެދުން.
- ޕްރޮގްރާމް ލައިވްތަކަށް ބޭނުންވާ ޕްރޮމޯ(ޓްރެއިލަރ) އަދި ޓީޒާ ފަދަ ތަކެތި އެނިމޭޓް ކުރުން.
- ލައިވް/ރެކޯޑްކުރާ ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ - ޗެނަލް އޮޕަރޭޓްކުރުން އަދި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ ޗެނަލް ފައިލް ސެޓަޕްހެދުން.
- ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ކަނޑައެޅިފައިވާ ގަޑިޔަށް ނިންމުން.
- މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސްނުވާ).
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 މޭ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368 ، 30003643000207 , އާއި ގުޅުއްވުން އެދެމެވެ.
|