މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު- އޮރެންޖު ހިޔާ ތިންވަނަ ފަންގިފިލާގެ އެޗްޕީއޭގައި ރޫމްއެއްހެދުމަށްޓަކައި ޕާރޓިޝަން ޖަހައި ދޮރުހަރުކުރުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އޮރެންޖު ހިޔާ ތިންވަނަ ފަންގިފިލާގެ އެޗްޕީއޭގައި ރޫމްއެއްހެދުމަށްޓަކައި ޕާރޓިޝަން ޖަހައި ދޮރުހަރުކުރުމަށްބޭނުންވެއެވެ.

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 25 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ސައިޓް ބެއްލެވުމަށް ބޭނުންފުޅުވާނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 14:30 ން 15:30 އަށް  އޮރެންޖްހިޔާ އަށް ވަޑައިގެން ދެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3014489 އަށް ގުޅުއްވުން އެދެމެވެ.

 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 

21 މޭ 2024
ހޯދާ