ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް ޑަސްޕިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

120 ލިޓަރުގެ 50 ޑަސްބިން ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާ އަށް 120 ލިޓަރުގެ 50 ޑަސްބިން ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ.

  1. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 2024 މޭ 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected]  އަށް ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

  1. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖޫން 09 ވާ އާދ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފާފު އެންމެ ސާފު ޕްރޮގްރާމްގެ ދަށުން ޑަސްބިން ފޯރުކޮށްދިނުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

  1. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected]  އަށް ހުށަހަޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6740017 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 ޛުލްޤައިދާ 1445

21  މޭ  2024

21 މޭ 2024
ހޯދާ