ދިވެހިރާއްޖެ
އިޢުލާން
އއ.ބޮޑުފޮޅުދޫ ކައުންސިލުން ބަލަހައްޓާ މަސްޖިދުލް އީޝާރި އަދި މަސްޖިދުލް ތަޤްވާ މިސްކިތުގެ މަރާމާތުކުރުމުގެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:
އއ. ބޮޑުފޮޅުދޫ ކައުންސިލުން ބަލަހައްޓާ މަސްޖިދުލް ތަޤްވާމިސްކިތް މަރާމާތުކުރުމުގެ މަސައްކަތް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓްތަކާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 މެއި 28ވާ ހޯމަ ދުވަހުގެ 13:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2024 މެއި 28ވާ ހޯމަ ދުވަހުގެ 13:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
21 އޭޕްރީލް 2024
|
|
||
އަންދާސީ ހިސާބު ހުށަހަޅާ ފޯމް |
|||
|
|
||
މަސައްކަތް: |
މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) ގެ މަރާމާތު މަސައްކަތް |
||
އިޢުލާން ނަންބަރު: |
(IUL)343-AS/343/2024/50 |
||
އިޢުލާން ތާރީޚް: |
21 މެއި 2024 |
||
|
|
||
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ބޮޑުފޮޅުދޫ، ދިވެހިރާއްޖެ
އަންދާސީހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާސް
- ތަޢާރަފް
މިއީ، އއ. ބޮޑުފޮޅުދޫ މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) ގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)343/343/2024/38 (07 އޭޕްރީލް 2024) އާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާހެކެވެ. އަނދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މި ބީލަމުގެ އެންމެހައި ކަންތައްތަކެއް ކުރިޔަށްދާނީ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކުގެ މަތީންނެވެ.
- ބީލަމުގެ މަޢުލޫމާތު
2.1. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.
- އީމެއިލް:[email protected]
- ފޯނު ނަންބަރު: 6660900 އާދަމް ރިޔާޟް
- އަގު ހުށަހެޅުމުގެ ކުރިން ސައިޓް (މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) ބެލުމަށް ބޭނުންވާ ފަރާތްތަކުން 2024 މެއި 28 ވާ އަންގާރަ ދުވަހު 13:00ށް ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް ހާޟިރުވުން އެދެމެވެ.
2.2. އަންދާސީހިސާބު ހުށައެޅުން އަދި ކެނޑުން އޮންނާނެ ތާރީޚާއި ގަޑި އަދި ތަން ތިރީގައި އެވަނީއެވެ.
- ތަން: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ، އަބަދައްފެހި މަގު، ބޮޑުފޮޅުދޫ
- ތާރީޚް: 28 މެއި 2024
- ގަޑި: މެންދުރުފަހު 13:00
- އަންދާސީހިސާބު ވަޒަންކުރާނެ މިންގަނޑު (ބިޑް އިވެލުއޭޝަން ކްރައިޓީރިއަރ)
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
ހުށައަޅާފައިވާ އަގަށް |
60% |
ހުށައަޅާފައިވާ މުއްދަތައް |
20% |
ތަޖުރިބާއަށް (ވޭތުވެދިޔަ 5 އަހަރު ތެރޭގައި މި ބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައިވާ ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުން ދީފައިވާ ލިޔުން) |
15% |
ޕްރޮފައިލް (ތައާރަފަށް %3) (މަޤްސަދު %2) |
5% |
ޖުމްލަ |
100% |
ނޯޓް: 10 ފެބްރުއަރީ 2021 ގައި ނެރެފައިވާ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލަށް އަމަލުކުރެވޭނެއެވެ.
- އަންދާސީހިސާބު ހުށައެޅުން
4.1. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ.
4.2. އަންދާސީހިސާބު ތައްޔާރުކުރުމަށް ކުރާ އެންމެހާ ޚަރަދެއް ކުރާނީ އެ އަންދާސީހިސާބެއް ތައްޔާރުކުރާ ފަރާތަކުންނެވެ.
4.3. ޖީ.އެސް.ޓީ ނެގޭ މުދަލެއް / ހިދުމަތެއްނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަންދާސީހިސާބުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީހިސާބުތަކުގެ ވެލިޑިޓީގެ ގޮތުގައި އަންދާސީހިސާބު ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
4.4. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ. އަންދާސީހިސާބު ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި، ގަޑި ކަށަވަރު ކުރުމަކީ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
4.5. އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޟިރުވާން ވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހާޟިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
4.6. އީމެއިލް އާއި ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
4.7. ޕްރޮޖެކްޓާއި ގުޅިގެން މިއިދާރާއިން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް މިއިދާރާގެ ވެބްސައިޓުގައި ނުވަތަ ފޭސްބުކުޕޭޖްގައި އާއްމު ކުރެވޭނެއެވެ. ވެބްސައިޓްގައި ނުވަތަ ފޭސްބުކުޕޭޖްގައި އާއްމުނުކުރެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެމެންޑްމެންޓް އީމެއިލް ކުރެވޭނެއެވެ. އަދި އީމެއިލް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަންނޯޓު ކުރެވުނުއިރު ދެވިފައިވާ ނަންބަރަށް ގުޅައި އެމެންޑްމެންޓް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.
4.8. ޕްރޮޖެކްޓުގައި ނަންނޯޓު ކުރާއިރު ދީފައިވާ މޮބައިލް ނަންބަރަކީ އަންދާސީހިސާބު ހުށަހަޅާފަރާތުގެ ނުވަތަ އަންދާސީހިސާބުގެ ކަންކަން ބަލަހައްޓާ ފަރާތުގެ ނަންބަރު ކަމުގައި ވާންވާނެއެވެ.
4.9. ޚިދުމަތެއް ދިނުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކުން ހުށަހަޅާ މިފަދަ އެއްވެސް ޚިދުމަތެއް ނުހޯދުމުގެ އިޚްތިޔާރު މި ކައުންސިލްއިދާރާއަށް ލިބިގެންވެއެވެ.
4.10. އަންދާސީހިސާބުތައް ހޯދި ޚިދުމަތް/ތަކެތި ހޯދުމަށް، މިއިދާރާއިން ބޭނުން ނުވެއްޖެ ހިނދެއްގައި އެކަމަށް ހުށަހެޅި އަންދާސީހިސާބުތައް ބާތިލް ކުރުމުގެ ހައްޤު މިއިދާރާއަށް ލިބިގެންވެއެވެ. މިގޮތުން އަންދާސީހިސާބުތައް ބާތިލް ކުރެވިއްޖެނަމަ ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލް ކުރެވިފައިވާކަން އެންގުމުގެ އިތުރުން އާއްމުކޮށް އިޢުލާންކުރެވޭނެއެވެ.
- އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި
5.1. އަންދާސީހިސާބު ހުށައަޅާ ފޯމް
5.2. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 1)
5.3. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ ވިޔަފާރި/ކުންފުނި ރަޖިސްޓަރީ ކޮޕީ
5.4. ޖީ.އެސް.ޓީ/ މީރާ ރަޖިސްޓްރީ ސެޓްފިކެޓް ކޮޕީ
5.5. އެސްއެމްއީ ރެޖިސްޓްރޭޝަންގެ ކޮޕީ
5.6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް ( ޖަދުވަލް 02 )
ނޯޓް: ހުށަހަޅާ އަންދާސީހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 6.1 ން 6.5 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަދި ނަންބަރު 6.6 ގައި ހުށަހަޅަންބުނާ ލިޔުމެއް ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅާފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް
6.1. މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ނަމްބަރު 10.33 ގައިވާގޮތަށް އަންދާސީހިސާބު ހުށަހަޅާފަރާތްތަކުން އަމަލުތައް ބަހައްޓަންވާނެއެވެ.
6.2. މިމާއްދާގެ 7.1 ގައި ބަޔާންކޮށްފައިވާ ގޮތައް އަމަލުތައް ނުބެހެއްޓޭ ފަރާތްތައް އަންދާސީހިސާބު ހުށަހެޅުމުގެ އެފުރުސަތުން އެއްކިބާ ކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
- އަންދާސީހިސާބު އެވޯޑްކުރުން
7.1. އަންދާސީހިސާބު އެވޯޑްވިކަމުގެ ސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ފޮނުވޭނެއެވެ. ސިޓީގައިވާ މުއްދަތުގެ ތެރޭގައި މިއިދާރާއިން އެދޭ މަޢުލޫމާތުތައް އަންދާސީހިސާބު ކާމިޔާބުކުރި ފަރާތުން ފޮނުވަންވާނެއެވެ.
7.2. އަންދާސީހިސާބު އެވޯޑްކުރުމަށް ނިންމާ ފަރާތަށް މަސައްކަތު އެއްބަސްވުމުގެ ޑްރާފްޓް ފޮނުވޭނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާތާ 3 ދުވަހުގެ ތެރޭގައި އަންދާސީހިސާބު ކާމިޔާބުކުރި ފަރާތުގެ ކޮމެންޓާއިއެކު ފޮނުވަންވާނެއެވެ.
7.3. އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.
7.4. މިމާއްދާގެދަށުން ބަޔާންކުރެވިފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ އަންދާސީހިސާބު އެވޯޑްކުރިކަމުގެ ސިޓީ ބާތިލުކުރުމަށްފަހު ދެވަނައަށް އެންމެމަތިން ޕޮއިންޓް ލިބުނު ފަރާތަށް އެވޯޑުކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
7.5. އަންދާސީހިސާބު އިވެލުއޭޓްކޮށް އެވޯޑް ކުރުމުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވޭތޯ މިއިދާރާއިން ބަލާ ކަށަވަރު ކުރެވޭނެއެވެ. އެގޮތުން ބަލާ ބެލުމުން، ދަޢުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއްނަމަ، ޕްރޮޖެކްޓު އެވޯޑު ކުރެވޭނީ މިއިދާރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެފައިސާ ދައްކާ ޚަލާސް ކުރިކަމުގެ ލިޔުން ހުށަހެޅުމުންނެވެ. އަދި މިމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރިކަމުގެ ލިޔުން ހުށަނާޅައިފިނަމަ، ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް މަސައްކަތް އެވޯޑު ކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެން ވެއެވެ.
- މުޙިއްމު އެންގުން/މަޢުލޫމާތު
8.1. އަންދާސީހިސާބު ތައްޔާރުކުރާއިރު މި މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތު ރަނގަޅަށް ކިޔައި އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ މަޢުލޫމާތެއް ހޯދުމާއި ، އަންދާސީހިސާބުގައި ހިމަނަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަކޮށްގެން އަންދާސީހިސާބު ތައްޔާރުކޮށް ހުށަހެޅުމަކީ އަންދާސީހިސާބު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
8.2. އަންދާސީހިސާބު ހުށަހަޅާފަރާތާއި ޢާއިލީގޮތުން ގުޅުމެއް ހުރިފަރާތެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮންނަ ފަރާތެއް މިއިދާރާގައި ވަޒީފާއަދާކުރާނަމަ، އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަހަޅަންޖެހޭ ފަރާތެއްކަމަށް މިއިދާރާއަށް ފާހަގަކުރެވި އެފަދަ ލިޔުމެއް ހުށަހަޅާފައި ނުވާނަމަ، އެ އަންދާސީހިސާބެއް ބާޠިލުކުރެވޭނެއެވެ. މި ނަންބަރުގައި ޢާއިލީގޮތުން ގުޅުންހުރިކަމަށް މާނަކޮށްފައި ވަނީ، އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ، ދަރިން/ދޮންދަރިން، އެއްބަނޑު/އެއްބަފާ، އެއްބަނޑުއެއްބަފާ މީހުންނާއި، މުވައްޒަފު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު/އެއްބަފާ، އެއްބަނޑުއެއްބަފާ މީހުންނާއި، އެމީހާގެ މައިން ބަފައިންނަށެވެ.
8.3. މި އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭކަމަށް މި ކަރުދާހުގެ 6ވަނަ ބައިގައި ބުނެފައިވާ ލިޔުމެއް ހުށަހަޅާފައި ނެތްނަމަ އެ އަންދާސީ ހިސާބު ބާޠިލުކުރުމުގެ އިޚްތިޔާރު މިއިދާރާއަށް ލިބިގެންވެއެވެ.
8.4. އަންދާސީ ހިސާބުތައް ހުޅުވާނީ ހަމަޖައްސާފައިވާ ބައްދަލުވުމަށް ހާޒިރުވެވަޑައިގަންނަވާ އަންދާސީހިސާބު ހުށައެޅުއްވި ފަރާތްތަކުގެ/ މަންދޫބުންގެ ހާޒިރުގައެވެ
8.5. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން އަންދާސީހިސާބު ހުށަހެޅުމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ. އަދި މިގޮތައް ހުށައެޅޭ މައްސަލަތައް ބެލުމުގައިވެސް އަމަލުކުރަމުންދާނީ ދެންނެވުނު އުޞޫލާއި އެއްގޮތަށެވެ.
8.6. އަންދާސީހިސާބު ހުށައެޅިފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ތަފްޞީލު އަންދާސީހިސާބު ހުށައެޅި ފަރާތްތަކަށް ލިޔުމުން އެންގުމުގެ އިތުރުން މިއިދާރާގެ ނޯޓިސްބޯޑުގައާއި ވެބްސައިޓްގައި އަދި ފޭސްބުކު ޕޭޖްގައި އާއްމުކުރެވޭނެއެވެ.
21 މެއި 2024
އަންދާސީ ހިސާބު ހުށައަޅާ ފޯމް
ޕްރޮޖެކްޓްގެ ނަން: |
މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) ގެ މަރާމާތު މަސައްކަތް |
އިޢުލާންގެ ނަމްބަރ: |
(IUL)343/343/2024/38 |
އިޢުލާން ތާރީޚް: |
21 މެއި 2024 |
މުއްދަތު ހަމަވާ ތާރީޚް: |
28 މެއި 2024 |
- 1. ބީލަން ހުށައަޅާ ފަރާތުގެ މަޢުލޫމާތު
ނަން: |
|
އައި.ޑީ ކާޑު/ރ. ނަމްބަރ: |
|
އެޑްރެސް: |
|
ގުޅޭނެ ނަންބަރު: |
|
ޖީ.އެސް.ޓީ/މީރާ ރަޖިސްޓްރޭޝަން ނަންބަރު: |
|
އީމެއިލް: |
|
- 2. މަސައްކަތުގެ އަގު :
ހުށައަޅާ އަގުގެ (ޖީއެސްޓީ ހިމަނައިގެން) ދިވެހި ރުފިޔާއިން |
|
ހުށައަޅާ އަގު (ދިވެހި ރުފިޔާއިން): |
|
ޖީ.އެސް.ޓީ: |
|
ޖުމުލަ އަގު: |
|
މަސައްކަތް ނިންމާ މުއްދަތު ( ބަންދު ދުވަސްތައް ހިމަނައިގެން ) |
|
- 3. މަތީގައިވާ މަޢުލޫމާތު ދެއްވި ފަރާތް
މަތީގައި އެވާ މަޢުލޫމާތުތަކަކީ އަޅުގަނޑު / މިކުންފުނިން ދީފައިވާ ތެދު މަޢުލޫމާތެވެ. މިބިޑްގައި ޞައްޙަނޫން އެއްވެސް މަޢުލޫމާތެއް ދީފައިވާ ނަމަ، މިބިޑް ބާޠިލް ވާނެކަން މިޕްރޮޖެކްޓާ ބެހޭ މާޢުލޫމާތު ކަރުދާހުން އަޅުގަނޑަށް / މިކުންފުންޏަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މިބީލަމަށް 90 (ނުވަދިހަ) ދުވަހުގެ ވެލިޑިޓީ މުއްދަތެއް ދިނުމަށް އަޅުގަނޑު/މިކުންފުނި އެއްބަސްވަމެވެ.
ނަން |
އެޑްރެސް |
އައި.ޑީ ކާޑު ނަންބަރު |
ސޮއި |
ތައްގަނޑު |
|
|
|
|
|
ނޯޓް: ސޮއިކުރަނީ މެނޭޖިންގް ޑިރެކްޓަރ ނުވަތަ ވިޔަފާރީގެ ވެރިފަރާތް ނޫންނަމަ ސޮއިކުރުމުގެ އިޚްތިޔާރު ދީފައިވާކަމުގެ ލިޔުން ހުށައަޅަންވާނެއެވެ.
# |
ހުށައަޅަން ޖެހޭ ލިޔުންތައް |
ހުށަހަޅާ ފަރާތުން ޗެކްކުރި |
އިދާރާއިން ޗެކްކުރި |
1 |
އަންދާސީ ހިސާބު ހުށައަޅާ ފޯމް |
|
|
2 |
ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 1) |
|
|
3 |
ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ |
|
|
4 |
ޖީ.އެސް.ޓީ/ މީރާ ރަޖިސްޓްރީ ސެޓްފިކެޓް ކޮޕީ |
|
|
5 |
އެސްއެމްއީ ރެޖިސްޓްރޭޝަންގެ ކޮޕީ |
|
|
6 |
ތަޖުރިބާ ބަޔާންކުރާ ލިޔުން (ޖަދުވަލު 2) |
|
|
ނޯޓު: ބީލަން ހުށަހަޅާއިރު، މިބައިގައި މިހިމެނޭ ލިޔުންތައް ހަމައަށްހުރިތޯ ޗެކްކުރައްވާ ލިސްޓް ކުރެވިފައިވާ ތަރުތީބުން ލިޔުންތައް ބެހެއްޓެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި ލިޔުންތައް ހަމައަށް ހުރިކަން ޔަޤީންކުރުމަށް "ހުށަހަޅާފަރާތުން ޗެކްކުރި" ގޮޅީގައި ފާހަގަޖައްސަވާ އެކަން ކަށަވަރު ކުރެއްވުން އެދެމެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 1 ން 5 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ.އަދި ނަންބަރު 6 ގައި ހުށަހަޅަންބުނާ ލިޔުމެއް ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ. |
ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
ފާއިތުވި 5 (ފަހެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް |
||||||||||||||||||||||||||||||||||||||||
|
ނޯޓް: މިބަޔަށް ޕޮއިންޓް ދެވޭނީ 2017 އޮކްޓޫބަރ 17 އިން 2022 އޮކްޓޫބަރ 16 އަށް ސަރުކުރާގެ އިދާރާއަކަށް، ނުވަތަ ދައުލަތުގެ ހިއްސާއޮންނަ ކުންފުންޏަކުން ދީފައިވާ މިފަދަ ޕްރޮޖެކްޓްތައް ނިންމިކަމުގެ ލިޔުމަށް ބަލައި، ގުޅުންހުރި ކޮންމެ ޕްރޮޖެކްޓްއަކަށް 2 ޕޮއިންޓް އަދި ފަސް ލިޔުން ނުވަތަ އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓްއެއް ނުދެވޭނެއެވެ. ތަޖުރިބާއަށް ލިޔުން ހުށަނާޅުއްވާ ފަރާތްތަކަށް މިބަޔަށް ޕޮއިންޓްއެއް ނުދެވޭނެއެވެ.
ނޯޓް: މިބަޔަށް ޕޮއިންޓް ދެވޭނީ 2017 އޮކްޓޫބަރ 17 އިން 2022 އޮކްޓޫބަރ 16 އަށް ސަރުކުރާގެ އިދާރާއަކަށް، ނުވަތަ ދައުލަތުގެ ހިއްސާއޮންނަ ކުންފުންޏަކުން ދީފައިވާ މިފަދަ ޕްރޮޖެކްޓްތައް ނިންމިކަމުގެ ލިޔުމަށް ބަލައި، ގުޅުންހުރި ކޮންމެ ޕްރޮޖެކްޓްއަކަށް 2 ޕޮއިންޓް އަދި ފަސް ލިޔުން ނުވަތަ އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޖޫރިމަނާވެފައިވާ ނުވަތަ ޕްރޮޖެކްޓް ނިންމުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް ޕޮއިންޓްއެއް ނުދެވޭނެއެވެ. ތަޖުރިބާއަށް ލިޔުން ހުށަނާޅުއްވާ ފަރާތްތަކަށް މިބަޔަށް ޕޮއިންޓްއެއް ނުދެވޭނެއެވެ.
މަސްޖިދުއް ތަޤްވާގެ މަރާމާތު މަސައްކަތުގެ މަޢުލޫމާތު ޝީޓް
ކުރަންބޭނުންވާ މަސައްކަތް |
މަސައްކަތުގެ ތަފްސީލް |
މިސްކިތުގެ ބޭރު ދޮރުމަތި މަރާމާތުކުރުން |
- މިސްކިތުޢިމާރާތުގެ މައިދޮރޯށީގެ ސީލިންގ މަރާމާތުކުރުން - މާރާމާތު ކުރާސަރަހައްދުގެ ކުލަދަވާދު ލުން |
މިސްކިތުގެ މައިދޮރޯށީގެ ތަޅުމާއި ސިޑި، ހަރުފަތްތަކާއިއެކު ޖަހާފައިވާ ޓައިލްސް ބަދަލުކުރުން |
- ތަޅުން ވައިޓްކުލައިގެ ރަސްޓިކް ފްލޯރ ޓައިލްސް އަށް ބަދަލުކުރުން - ސިޑި ހަރުފަތްތައް ވައިޓް ރަސްޓިކް ސްޓެއަރ ޓައިލްސް އަށް ބަދަލުކުރުން - ޓައިލްސް ޖެހުމަށް ކެމިކަލް ސިމެންތި ބޭނުންކުރުން |
ވޯކްވޭ ތަކުގެ ޓައިލްސްތައް ބަދަލުކުރުން |
- ވޯކްވޭތައް ވައިޓްކުލައިގެ ރަސްޓިކް ފްލޯރ ޓައިލްސް އަށް ބަދަލުކުރުން - ޓައިލްސް ޖެހުމަށް ކެމިކަލް ސިމެންތި ބޭނުންކުރުން |
- އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އިންވެސްޓްމެންޓްތަކާއި އަދި އަމިއްލަފަރުދުންގެ ވިޔަފާރިތަކަށެވެ.
- އަންދާސީހިސާބު ތައްޔާރުކުރާއިރު މި މަޢުލޫމާތު ޝީޓްގައި ދީފައިވާ މަޢުލޫމާތު ރަގަޅަށްކިޔައި އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އެމަޢުލޫމާތު ހޯދުމާއި އަންދާސީހިސާބުގައި ހިމަނަންޖެހޭ ހުރިހާ ލިޔެކިއުންތައް ހަމަކޮށްގެން އަންދާސީހިސާބު ތައްޔާރުކޮށް އަންދާސީހިސާބު ހުށަހެޅުމަކީ އަންދާސީހިސާބަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ.
- ލިޔެކިއުންތައް ހަމަނުވާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބުތަކާއި މިމަޢުލޫމާތު ޝީޓްގައި ދީފައިވާ އިންސްޓްރަކްޝަނާއި ޚިލާފަށް ހުށަހަޅާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ޞައްޙަނޫން އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެއެވެ.
1- ބީލަން ބާޠިލުކުރެވޭނެ ކަންތައްތައް:
1- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1އަންދާސީހިސާބެވެ. 1އަންދާސީހިސާބައްވުރެ ގިނަ އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލު ވާނެއެވެ.
2- ނަންބަރ 2ގައި ބަޔާންކޮށްފައިވާ 09 ކަންތަކުގެތެރެއިން ނަންބަރ 1ން ފެށިގެން 8އާއި ހަމައަށް ބަޔާންކޮށްފައިވާ ލިޔެކިއުމާއި މަޢުލޫމާތު ފުރިހަމަ ނުވާކަމަށް އިވެލުއޭޝަންގައި ފާހަގަ ކުރެވިއްޖެނަމަ، އަންދާސީހިސާބު ބާޠިލު ވާނެއެވެ.
2- ބީލަމުގައި ހިމަނަންޖެހޭ ލިއެކިއުން:
1- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ ނަންބަރ 2ން ފެށިގެން ނަންބަރ 7ށް ހިމެނޭ މަޢުލޫމާތު އެކުލެވޭގޮތަށް ޑޮކިއުމެންޓް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.
2- އަންދާސީ ހިސާބު (ޖީ.އެސް.ޓީ. ނުހިމަނާ އާއި ޖީ.އެސް.ޓީ. ހިމަނައިގެން ޖުމްލަ އަގު ފެންނަގޮތަށް (ދިވެހި ރުފިޔާއިން) އޮންނަންވާނެއެވެ.
3- އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ޕްރޮފައިލް:- (ޕްރޮފައިލްގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތަކީ)
(ހ) ހުށަހަޅާފަރާތުގެ ފުރިހަމަނަން
(ށ) ދާއިމީ އެޑްރެސް
(ނ) ފޯނު ނަންބަރ
(ރ) އީމެއިލް
(ބ) ބީލަން ހުށަހަޅާ ފަރާތަކުން ޢާއްމުކޮށް ކުރާ މައިގަނޑު މަސައްކަތްތައް
(ޅ) ރަޖިސްޓްރީ/ވިޔަފާރި ނަންބަރ
(ކ) ކުންފުނި ވިޔަފާރި އުފެދުނު ތާރިޚް
(އ) މިނޫންވެސް މި ކަމަށް ބޭނުންހިފިދާނެ މަޢުލުމާތު
4- ކުންފުނި ނުވަތަ އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީ ގެ ރަޖިސްޓްރީގެ ކޮޕީ އަދި އައިޑީ ކާރޑް ކޮޕީ
5- މިފަދަ ތަކެތި ގެނެސްދެވިދާނެ ކަމުގެ މާލީ ދަލީލު (ބޭންކް ކްރެޑިޓްސިޓީ، ސަޕްލަޔަރ ކްރެޑިޓް ސިޓީ، ގެރެންޓީ ސިޓީ، ބޭންކް ސްޓޭޓްމަންޓް ފަދަ ލިޔުން)
6- ޖީ.އެސް.ޓީ. ސެޓްފިކެޓް ކޮޕީ
7- ހުށަހަޅާ އަންދާސީހިސާބުގެ ކޮންމެ ސަފްހާއެއްގައި ޞަފުޙާނަންބަރު ޖަހަންވާނެއެވެ.
8- ކުންފުނި ނުވަތަ އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީ ގެ ރަޖިސްޓްރީގެ ކޮޕީ އަދި އައިޑީ ކާރޑް ކޮޕީ
9- މިފަދަ ތަކެތި ގެނެސްދެވިދާނެ ކަމުގެ މާލީ ދަލީލު (ބޭންކް ކްރެޑިޓްސިޓީ، ސަޕްލަޔަރ ކްރެޑިޓް ސިޓީ، ގެރެންޓީ ސިޓީ، ބޭންކް ސްޓޭޓްމަންޓް ފަދަ ލިޔުން)
10- ޖީ.އެސް.ޓީ. ސެޓްފިކެޓް ކޮޕީ
11- ހުށަހަޅާ އަންދާސީހިސާބުގެ ކޮންމެ ސަފްހާއެއްގައި ޞަފުޙާނަންބަރު ޖަހަންވާނެއެވެ.
2- އަންދާސީހިސާބު ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތް:
(ހ) ކުންފުންޏަކުންނަމަ:- މެނޭޖިންޑިރެކްޓަރ ފިޔަވައި އެހެންފަރާތަކުން އަންދާސީ ހިސާބުގައި ސޮއިކުރާނަމަ، ކުންފުނީގެ ނަމުގައި ސޮއިކުރުމުގެ އިޚްތިޔާރު ދީފައި އޮތްކަމުގެ ލިއުން ހުށަހަޅަންވާނެއެވެ.
(ށ) އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ފަދަ ފަރާތަކުންނަމަ: އިންވެސްޓްމެންޓް ނުވަތަ ވިޔަފާރި ފަދަ ތަން ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުގެ އިސްވެރިޔާނޫން އެހެންފަރާތަކުން އަންދާސީހިސާބުގައި ސޮއިކުރާނަމަ އަންދާސީހިސާބުގައި ސޮއިކުރުމަށް އިޚްތިޔާރު ދީފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
3- ކުންފުނި އަދި ވިޔަފާރިތަކުން އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ނުހިމަނާ އާއި ޖީ.އެސް.ޓީ ހިމަނައިގެން ޖުމްލަ އަގު ފެންނަގޮތަށް ދިވެހިރުފިޔާ އިންނެވެ. ޖީ.އެސް.ޓީ. ހިމެނޭނީ ޖީ.އެސް.ޓީ. ސެޓްފިކެޓްގެ ކޮޕީ ހުށަހަޅާ ފަރާތްތަކަށެވެ.
4- ބީލަން އިވެލުއޭޓްކުރުމުގައި މާރކްސް ދެވޭނެގޮތް:
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
v މަސައްކަތުގެ އަގަށްދޭ މާކްސް v މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
%80 |
އަގު |
(Submitted years of experience / Benchmark years) x Allocated Percentage |
v ވޮރަންޓީދެވޭނެ މުއްދަތު 06 ( މަސް ) v މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން 06 މަހަށްވުރެ އިތުރަށް އެންމެދިގުމުއްދަތަކަށް ވޮރަންޓީދޭ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް v މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ 06މަހުގެ އިތުރަށް އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ. |
15% |
ވޮރަންޓީ |
(Submitted Documents / Benchmark Profile marks) x Allocated Percentage |
v ޢިމާރާތްކުރުމުގެ މަސައްކަތް އެންމެގިނައަދަދަކަށް ކޮށްފައިވާ ފަރާތް v މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ކޮށްފައިވާ ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުން ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކުގެ އެވްރެޖް % އަށް |
5% |
ތަޖުރިބާ |
5- އަންދާސީ ހިސާބު ހުޅުވާނީ ނުވަތަ ބަލައިގަންނާނީ ކަނޑައެޅިފައިވާ ވަކި ގަޑިއެއްގައި އަންދާސީ ހިސާބު ހުށަހަޅާފަރާތްތަކުގެ ހާޟިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ކުރިމަތިލާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު އަދި ހުށަހަޅާ ޕްރޮޖެކްޓާއި އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ގަޑި އެނގެން އޮންނަންވާނެއެވެ.