މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މާލޭސިޓީގެ މިސްކިތްތައް މަރާމާތުކޮށް ކުލައާއި ދަވާދު ލައިދޭނެ ފަރާތެއް ހޯދަން

މާލޭސިޓީގެ މިސްކިތްތައް މަރާމާތުކޮށް ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)142-E1/1/2015/63) އަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 11 މޭ 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 އަށެވެ.

17 ރަޖަބު 1436

05 މޭ 2015
ހޯދާ