މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

"މޯލްޑިވްސް ޕޯލް އެންޑް ލައިން ޓޫނާ ޕޯޓް ސާމްޕްލިންގ ޕްރޮޖެކްޓް – 2014" ގެ ދަށުން ނެގުމަށް ބޭނުންވާ ތަފާސްހިސާބުތައް ޅ. ފެލިވަރު މަސްގަންނަ ބަނދަރުން ނެގުމުގެ މަސައްކަތް ކުރާނޭ 2 މީހަކު ހޯދުމަށް ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައި ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2015 ގެ ކުރިން މިމިނިސްޓްރީ (ވެލާނާގޭގެ 07 ވަނަ ފަންގިފިލާ) އަށް މިކަމަށް އެދި ސީވީ ހުށަހެޅުމަށް ދެންނެވީމެވެ. އަދި މިކަމާ ގުޅޭ މަސައްކަތުގެ ތަފުސީލު (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓް (www.fishagri.gov.mv) އަދި ކައުންޓަރުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މިމނިސްޓްރީގެ ނަންބަރު 3322242/ 3339211

04 މޭ 2015
ހޯދާ