ދިވެހިރާއްޖެ
ނަންބަރު: IUL)303-EDMS/303/2024/35)
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އެކުލަވާލައި 08 މެއި 2024 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، އެ ފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ހުޅުވާލާފައެވެ.
މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ކައުންސިލުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމުގައި ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.