ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސާރކިއުލަރ ނަންބަރު (496-B2/CIR/2024/1003) އިން އަންގަވާފައިވާގޮތުގެ މަތިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުޞަތު 19 މެއި 2024 ން ފެށިގެން 8 ޖޫން 2024، 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ނޯޓު: ސަމާލުކަން ދޭންވީ ކަންތައްތައް
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަޤުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ އެފަރާތްތަކުން ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަން ނުޖެހޭނެއެވެ. ނަމަވެސް، ދަފުތަރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވިފަހުން 10 އަހަރު ފުރިފައިވާ ފިރހެނުން ހިމެނޭ އާއިލާތަކާއި، 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން އަދި 8 ޖޫން 2024 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ އާއިލާއަކުން އަލުން ފޯމް ހުށައަޅަންޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށައަޅަންޖެހޭނެއެވެ.
މިއިޢުލާނާއެކު، ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް އެއްކަރުދާސްކޮށް ޢާންމުކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ޛުލްޤަޢިދާ 1445
20 މެއި 2024