މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ސަރކިއުލަރ ނަންބަރު (496/B2/CIR/2024/1003) އިން އަންގައިފައިވާތީވެ 2024 މެއި 19 ވަނަ ދުވަހުން ފެށިގެން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަސޤ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ މި އަހަރުގެ މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް ހުޅުވައިފައި ހުންނަ ގަޑިތަކުގައި ކައުންސިލްގެ ކައުންޓަރުން  އަދި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

20 މޭ 2024
ހޯދާ