ދިވެހިރާއްޖެ
މިކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމިޓީއާއި މޯލްޑިވްސް ޑިފެންސް ފޯހައި ގުޅިގެން "ކޮމިއުނިޓީ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަކީ 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިފެށޭ ޖޫން މަހުގެ ތެރޭގައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މަދުވެގެންވެސް 20 ފަރާތަކުން ބައިވެރިވާނަމައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު:
ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.
18 އަހަރު ފުރިފައިވާ ފަރާތަކަށްވުން
އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 20 ފަރާތަކަށެވެ. ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޙަކީ 27 މޭ 2024 ގެ 14:00 ގެ ކުރިންނެވެ. ބައިވެރިވުމަށް އެދޭ ފޯމް މެއިލްއިންވެސް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. މެއިލް ފޮނުއްވާނީ [email protected] މި އީމެއިލް އަށެވެ.
- ހުށަހަޅަންޖެހޭ ތަކެތި:
- ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް
- ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
12 ޒުލްޤައިދާ 1445