މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފުރުޞަތު ހުޅުވާލުން

                                                        (IUL)307/INDIV/2024/52:ނަންބަރު

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 2024 މެއި 19 ވަނަ ދުވަހުން ފެށިގެންވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީއަހަރެއްގެ ޙައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 2024 ޖޫން 08 ވަނަ ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ.

ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު ރަސްމީ ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 08:00 އިން 13:00 އަށް ކައުންސިލް އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި ފޯމުގައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުޞޫލާއި ފޯމު އާންމުކުރީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19 މޭ 2024
ހޯދާ