ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 1 ނަންބަރު ބިން ކުއްޔަށް ދޫކުރުން
ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 1 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.
ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.
# |
ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު) |
1 |
ސިނާޢީ ސަރަހައްދު 1 ނަންބަރު ބިން މިހާރު ތަނުގައި ހުރި އިމާރާތް ތަކާއެކު |
6587 އަކަފޫޓް |
1317.40 ރުފިޔާ |
ބިމުގައި މިހާރު ހުރި އިމާރާތްތަކުގެ ތަފުސީލު
- 1 އިމާރާތް 20x 54.58 ފޫޓުގެ (އެތެރޭގައި 3 ކޮޓަރި ހިމެނިފައި) އެޅިގަލުންރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑު ޓިނުން ހިޔާކޮށްފައި.
- 1 ކޮޓަރި 20x 19.08 ފޫޓުގެ އެތެރޭގައި 6×7 ފޫޓުގެ ފާޚާނާއަކާ އެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް.
- 1 ކޮޓަރި 20x 20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް.
- 1 ކޮޓަރި 12x 20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް.
- 1 ފެންވަޅު 4 ފޫޓް ޑައިމީޓަރުގެ ގޯތިތެރޭގައި
- 2 ޓޭންކް 4x 7.5 ފޫޓުގެ އުސް 3 ފޫޓް އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި.
- 1 ޓޭންކް މަސްދޮންނަބަޔާއެކު 4x 11 ފުޓުގެ އެތެރޭގައި މުށިޖަހާފައި
- 1 އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަން ވާނެއެވެ.
އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭ ނެކަންތައްތައް: ލުއި ކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް.
އިޖުތިމާޢީގޮތުން ވެދެވޭ ޢިނާޔަތް: މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު 1000.00 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.
ބިންތަރައްގީކުރުން: ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށައިފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.
ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން: ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިން ދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިން ކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެކުއްޔާއި، އިޖުތިމާޢީ ކަންކަމަށް ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސް ދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެ އެވެ.
ޕްރޮޕޯސަލާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް
- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަ ފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ
- ކޮމްޕެނީ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް: ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާރކްސްދެ ވޭނެ ކްރައިޓީރިއާ |
މާރކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅަ މަހުކުއްޔަށް |
50% |
ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާރކްސް
|
ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށައި އިންފާރު ރޭނުން |
10% |
ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް ރޭނުން
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
40% |
އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު
|
15 ރަޖަބު 1436