ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމާގުޅޭ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް އިޢުލާނު ކުރުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ނަންބަރު: 496-B2/CIR/2024/1003 ސަރކިއުލަރ ގައިވާގޮތުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށްއެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 އިން 08 ޖޫން 2024ވަނަދުވަހުގެ 12.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވަންދެން ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެދުވަހަކު 9.00 އިން 12.00 އަށް މި ކައުންސިލުގެ ކައުންޓަރުން ކުރިޔަށްދާނެއެވެ.
މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ވާތީ،މި އަހަރުގެ މުދަލު ޒަކާތު ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މަތީގައި ދެންނެވިފައިވާ ސުންގަޑީގެކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.