ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަނާޒާ ކޯސް - ޖަމާޢަތްތެރިން ތަމްރީނުކުރުން
އިޢުލާން
ޖަމާޢަތްތެރިން ތަމްރީނުކުރުމާއި ގުޅޭ
ޖަނާޒާ ތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާޢަތްތެރިން އުފެއްދުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ކުރެންދޫ ކައުންސިލް ގުޅިގެން ޖަނާޒާ ކޯސް މިރަށުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކުލާހަށް ހާޒިރު ވެގެން ކުރިއަށްގެންދާ ތިއަރީ ސެޝަންތަކާއި، އަމަލީ ޓްރެއިނިންގ ސެޝަންތަކެއް ނަގައިދިނުމަށްފަހު އިމްތިހާނެއްދޭގޮތަށެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މޭ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޖަނާޒާ ކޯހުގެ އެޕްލިކޭޝަން ފޯމް ހުށައެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމް އިދާރާގެ އިންފޮމޭޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 މޭ 2024
ހޯދާ