ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށްއެދޭ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން އާންމުކޮށްވަނީ ހުޅުވާލާފައެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން ފޯމް ފުރިހަމަކުރައްވައި، މިކައުންސިލަށް ނުވަތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ހުށަހެޅުއްވުން އެދެމެވެ.
މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ ހައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީވެ، މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެހެންކަމުން މިތާރީޚްގެ ކުރިން ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާއިގުޅޭ ފޯމް މިކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.