މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޓާރމްސް އޮފް ރެފަރެންސް

ނެޝަނަލް ހެލްތު ލެބޯޓްރީން އައިއެސްއޯ/އައިއީސީ 17043 އަށް އެކްރެޑިޓްވެފައިވާ ޕްރޮފިޝަންސީ ޓެސްޓިންގ ސްކީމެއްގައި ބައިވެރިވުން

6 އެޕްރީލް 2015

1. ތަޢާރުފު

ނެޝަނަލް ހެލްތު ލެބޯޓްރީ (އެންއެޗްއެލް) އަކީ ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރާއި ސާފުތާހިރުކަން ޔަޤީން ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އުފައްދާފައިވާ ޑިވިޝަނެކެވެ. އެންއެޗްއެލް ބެހިގެންވާ މައިގަނޑު ދެބަޔަކީ ކެމިސްޓްރީ ލެބޯޓްރީއާއި މައިކްރޮބަޔޮލޮޖީ ލެބޯޓްރީއެވެ. ލެބޯޓްރީގައި ޓެސްޓް ކުރެވޭ ބާވަތްތަކަކީ ކާބޯތަކެތި ހަދާ ތަންތަނާއި ފެކްޓްރީ އަދި ރިސޯޓް ފަދަ ތަންތަނުން ގެންނަ ފެނާއި ކާބޯތަކެއްޗާއި ސްވަބް ސާމްޕަލާއި ބޭހުގެ ބާވަތްތަކެވެ.

އެންއެޗްއެލް ވަނީ ޑިސެންބަރު 2008 އިން ފެށިގެން އައިއެސްއީ/އައިއީސީ 17025 ސްޓެންޑަށް އެކްރެޑިޓްވެފައެވެ. އެކްރެޑިޓޭޝަން ސްޓޭޓަސް ދެމެހެއްޓުމަށްޓަކައި ޓެސްޓްތަކުގެ ފެންވަރު ދެމެހެއްޓުމަކީ ލާޒިމްކަމެކެވެ. މިޝަރުޠު ފުރިހަމަ ކުރުމަށްޓަކައި އެންއެޗްއެލް އިން ގަސްތުކޮށްފައިވަނީ ޕްރޮފިޝަންސީ ޓެސްޓިންގ (ޕީޓީ) ސްކީމެއްގައި ބައިވެރިވުމަށެވެ.

އެގޮތުންް މި "ޓާރމްސް އޮފް ރެފަރެންސް" (ޓީއޯއާރ) ހެދިފައިވަނީ ޕީޓީ ޚިދުމަތްދޭނޭ ފަރާތެއް/ ޕްރޮގްރާމެއް ހޯދުމަށްޓަކައެވެ.

2. ސްކޯޕާއި މަޤްޞަދު

މިޓީއޯއާރގެ މަޤްޞަދަކީ އެންއެޗްއެލްގެ ޓެސްޓްތަކުގެ ފެންވަރު ޔަޤީންކުރުމަށް ބައިނަލްއަޤްވާމީ ސްޓެންޑަރޑް، އައިއެސްއޯ/އައިއީސީ 17043 އަށް އެކްރެޑިޓްވެފައިވާ ޕީޓީ ޚިދުމަތްދިނުމަށް އެކަށީގެންވާ ފަރާތެއް/ޕްރޮގްރާމެއް ހޯދުމެވެ.

މިގޮތުން ހޮވޭ ފަރާތުން ދޭންޖެހޭ ޚިދްމަތްތަކުގެ ތެރޭގައި:

  1. ޕީޓީ ސާމްޕަލްތައް އެންއެޗްއެލް އަށް ފޮނުވުން.
  2. އެސައިންޑް ވެލިއު ނުވަތަ ނޮމިނަލް ވެލިއު ނުވަތަ ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ލެބޯޓްރީއެެއްގެ ޓެސްޓް ނަތީޖާ ބޭނުންކޮށްގެން ގެނެވޭ ހާމޮނައިޒްޑް ވެލިއު ބޭނުން ކޮށްގެން އެންއެޗްއެލްގެ ޓެސްޓް ނަތީޖާ އިވެލުއޭޓް ކުރުން.
  3. އެންއެޗްއެލްގެ ޓެސްޓް ނަތީޖާއަށް ލިބޭ ސްކޯއަށް ރިޕޯޓެއް ހުށަހެޅުން.

ޕީޓީގެ ޚިދުމަތް ބޭނުންވާ ޕެރަމީޓަރތަކުގެ ތަފުސީލު އެޓޭޗް ކުރެވިފައިވާ ލިސްޓް1 ގައި ހިމެނިފައިވާނެއެވެ. ޕީޓީ ސާމްޕަލްތައް ތަހުލީލު ކުރެވޭނީ އެންއެޗްއެލްގައެވެ.

3. ހުންނަންޖެހޭ ޝަރުޠު/ ފެންވަރު:

  1. އެންއެޗްއެލަށް ޕީޓީ ޚިދުމަތްދޭން އެދޭ ފަރާތްތައް ތިރީގައިވާ ޝަރުޠުތަކާއި ފެންވަރު ފުރިހަމަވާންވާނެއެވެ.

   ހ) އައިއެސްއޯ/އައިއީސީ 17043 އަށް އެކްރެޑިޓްވެފައިވާ ފަރާތަކަށް ވުން.

   ށ) ލިސްޓް1 ގައިވާ ޕެރަމީޓަރާއި ރޭންޖުތައް ޕީޓީ ޕްރޮގްރާމްގައި ހިމެނިފައިވުން.

   ނ) ޓެސްޓް ނަތީޖާ އިލެކްޓްރޯނިކް ކޮށް ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމުގައިވުން.

   ރ) ޓެސްޓް ނަތީޖާ ހުށަހެޅުމަށް ދެވޭ މުއްދަތުގައި ސާމްޕަލް ފޯރުކޮށްދިނުމަށް ދާ ވަގުތާއި ޕްރޮސެސް ކުރުމާއި ތަހުލީލު ކުރުމަށްދާ ވަގުތު ހިމަނައި އެކަށީގެންވާ މުއްދަތެއް ދިނުން. އެކި ޕެރަމީޓަރތަކަށް ސާމްޕަލް ޕްރޮސެސް ކުރުމަށާއި ތަޙުލީލު ކުރުމަށްދާ ވަގުތު ލިސްޓް1 ގައި ހިމެނިފައިވާނެއެވެ.

   ބ) އެއް އަހަރުގެ ޕީޓީ ޕްރޮގްރާމުގެ ޝެޑިއުލް ޕްރޮގްރާމް ފެށުމުގެ ކުރިން ލިބެން ހުރުން.

   ޅ) އެންއެޗްއެލް އަށް ސާމްޕަލް ފޯރުކޮށްދިނުމަށްޓަކައި ކުރިއަރ ސަރވިސަސ/ޓްރާންސްޕޯޓް ޚިދުމަތް ދެވޭނޭ އިންތިޒާމު ހަމަޖެހިފައިވުން.

   ކ) ޓެސްޓް ނަތީޖާތައް އިވެލުއޭޓް ކޮށްފައިވާ ރިޕޯޓްތައް އިލެޓްރޯނިކްކޮށް ލިބެން ހުރުން.

   އ) ޓެސްޓް ނަތީޖާ އިވެލުއޭޓް ކުރުމަށް ބޭނުންކުރި ސްޓެޓިސްޓިކަލް މެތަޑް ކޮންމެ އިވެލުއޭޝަން ރިޕޯޓަކާއެކީ ފޮނުވުން.

   ވ) ޕީޓީ ޚިދުމަތްދޭ ފަރާތަކީ އެންމެ މަދުވެގެން 3 އަހަރު ދުވަހުގެ ޚިދުމަތްކޮށްދީފައިވާ ފަރާތަކަށް ވުމާއި މިހާރުވެސް މިޚިދުމަތް ދޭ ފަރާތަކަށްވުން.    

   މ) ފ) ޕީޓީ ޕްރޮގްރާމަކީ އެންމެ މަދުވެގެން 5 ލެބޯޓްރީ ބައިވެރިވާ ޕްރޮގްރާމަކަށްވުން.

   ދ) އެއް އަހަރު ދުވަހުގެ ޕްރޮގްރާމަށް ދާނޭ ޚަރަދު ކުރިން އެންގުން.

4. އެޕްލިކޭޝަން ހުށަހެޅުން:

i. ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މިޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ މަޢުލޫމާތާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހ) ޕީޓީ ޓެސްޓް / ޕެކް ގެ އަގުތައް ޔޫއެސް ޑޮލަރުން

ށ) ކޮންމެ ރައުންޑަކަށް ޕީޓީ މެޓީރިއަލް (ކޮންމެ ޓެސްޓަކަށް ނުވަތަ ޓެސްޓް ޕެކަކަށް) ތިރީގައިވާ އެޑްރެހަށް ފޮނުވައިދިނުމަށް ދާ ޚަރަދު 

ނެޝަނަލް ހެލްތު ލެބޯޓްރީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތް

ރޯޝަނީ ބިލްޑިންގް، ސޯސަން މަގު

މާލެ 20184

ދިވެހިރާއްޖެ

ނ) ޕޯސްޓާއި ޓެސްޓް ކުރުމަށް ދޭ މުއްދަތު

ރ) އިތުރަށް މިކަމަށްދާނޭ ޚަރަދުތައް.

ii. އަންދާސީހިސާބުގެ އިތުރުން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅުއްވަން އެދެމެވެ.

ހ) އައިއެސްއޯ /އައިއީސީ 17043 އަށް އެކްރެޑިޓް ވެފައިވާ އެކްރެޑިޓޭޝަން ސެޓުފިކެޓު

ށ) ޕީޓީ ޕްރޮގްރާމްގެ ޝެޑިއުލް

ނ) ޓެސްޓް ނަތީޖާތައް އިވެލުއޭޓް ކުރުމަށާއި ރަނގަޅު ނަތީޖާއެއްކަން ކަނޑައެޅުމަށް ބޭނުންކުރާ މިންގަނޑު

ރ) ކުރު ޕްރޮފައިލް

ބ) ފާއިތުވި 3 އަހަރު ތެރޭގައި ޚިދުމަތްދީފައިވާ ފަރާތްތައް / ލެބޯޓްރީތަކުގެ ލިސްޓު

ޅ) ޓެސްޓުގެ ނަތީޖާއާއި ނަތީޖާގެ އިވެލުއޭޝަން ރިޕޯޓް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު

ކ) ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ގޮތާއި ޝަރުޠުތައް

އ) ކަމާ ގުޅުންހުރި އެހެނިހެން ޝަރުޠުތަކާއި އުސޫލުތައް

ވ) ގުޅޭނޭ ފަރާތުގެ މަޢުލޫމާތު

5. މުއްދަތު- ހުރިހާ ޓެސްޓްބުރުތައް ފަށާ ތާރީޚުން 1 އަހަރު ތެރޭގައި ނިންމުން.

6. ގުޅޭނެ ފަރާތް: ތޫމާ އާދަމް / މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

7. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް 14 މޭ 2015 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު،

ރޯޝަނީ ބިލްޑިންގް، ސޯސަން މަގު،

މާލެ، 20184

ދިވެހިރާއްޖެ

އަންދާސީހިސާބާއި ލިޔެކިޔުންތަކުގެ އިލެކްޓްރޯނިކް ވާރޝަންތައް މަތީގައިވާ ސުންގަޑީގެ ކުރިން [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެއެވެ.

06 އޭޕްރިލް 2015
ހޯދާ