އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯޓްސްގެ ބޭނުމަށް އއ.އުކުޅަހު ބޯޅަދަނޑުގެ ހުޅަނގު ފަރާތުގައިވާ ބިން ޕްލޮޓް A, B, C, D (ފަހެއް) 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރި ނަންބަރު: (IUL)341-ADMN/341/2024/23 (07 މެއި 2024) ގެ މުއްދަތު އިތުރުކުރުމާއި ގުޅޭ:

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން

-          އއ.އުކުޅަހު ބޯޅަދަނޑުގެ ހުޅަނގު ފަރާތުގައިވާ ބިން ސަޕޯޓިން ލޭންޑް ޕްލޮޓް A, B, C, D 

-          ޕްލޮޓް A އަކީ 758.35 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ޕްލޮޓް B އާއި އިންވެގެން އެ ދިމާލުން ބީޗަށް ކުރިމަތިކޮށެވެ. 

-          ޕްލޮޓް B އަކީ 751.93 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ޕްލޮޓް C އާއި އިންވެގެން އެ ދިމާލުން ބީޗަށް ކުރިމަތިކޮށެވެ. 

-          ޕްލޮޓް C އަކީ 745.51 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ޕްލޮޓް D އާއި އިންވެގެން އެ ދިމާލުން ބީޗަށް ކުރިމަތިކޮށެވެ.

-          ޕްލޮޓް D އަކީ 746.77 އަކަފޫޓުގެ ބިމެކެވެ. އަދި އެބިން އޮންނާނީ ލޮނުމަސް އަށްޓާއި އިންވެގެން އެ ދިމާލުން ބީޗަށް ކުރިމަތިކޮށެވެ.

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

5 (ފަހެއް) އަހަރު ދުވަސް

ބިމު ކުލި

އަކަފޫޓަކަށް މަދުވެގެން 5 (ފަހެއް)ރުފިޔާ

ބިޑްފޮތް ވިއްކުން

މި ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 19 މެއި 2024 އިން 28 މެއި 2024 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއިންނެވެ.

ޕްލޮޓް ތަކަށް ބިޑް ފޮތް ވިއްކާނީ ވަކި ވަކިންނެވެ. އަދި ކޮންމެ ޕްލޮޓް އަކަށްވެސް ބިޑް ހުށަހެޅޭނީ އެ ޕްލޮޓެއްގެ ބިޑް ފޮތް ގަތް ފަރާތްތަކަށެވެ.   އަދި ބިޑް ހުށަހަޅާއިރު، ކޮންމެ ފަރާތަކަށް ވެސް ބިޑު ކުރެވޭނީ ކޮންމެވެސް އެއް ޕްލޮޓަކަށެވެ. އެއްވެސް ފަރާތަކަށް އެއް ޕްލޮޓަށްވުރެ ގިނަ ޕްލޮޓަކަށް ބިޑެއްނުކުރެވޭނެއެވެ.  

ބިޑްފޮތް ވިއްކާ އަގު

ބިޑްފޮތެއްގެ އަގަކީ -/3000 (ތިންހާސް ރުފިޔާ) އެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 04 ޖޫން 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން

އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް  ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި

ތާރީޚު: 06 ޖޫން 2024

ގަޑި: 11:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުޅުވާ ތާރީޚު އަދި ގަޑި

ތާރީޚު: 06 ޖޫން 2024

ގަޑި: 11:00

ބިޑް ހުޅުވާ ތަން

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

ބިޑް ހުށަހެޅުމަށް ބިޑް ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 04 ޖޫން 2024 ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

19 މޭ 2024
ހޯދާ