ދިވެހިރާއްޖެ
މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިގައި 18000 ބީ.ޓީ.ޔޫގެ 2 އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން.
މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިގައި މިކޯޓުން އަންގާގޮތަށް 18000 ބީ.ޓީ.ޔޫގެ 2 އެއަރކޮންޑިޝަން ޔުނިޓް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 02 އެޕްރީލް 2015 ގައި މިކޯޓުން ކުރި އިޢުލާން ނަންބަރު: K5C/2015/09 އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބައިގައި މިކޯޓުން އަންގާގޮތަށް 18000 ބީ.ޓީ.ޔޫގެ 2 އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.
15 ރަޖަބު 1436