ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް 3/ އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ޔުނިޓް
|
ކޯޕަރޭޓް ސެކްޝަން/ ޕަބްލިކް ވަރކްސް ސަރވިސަސް/ ކ.މާލެ
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ:-/4,465 ރުފިޔާ
ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސީނިއަރ މެނޭޖްމަންޓް އާއި މިޑްލް މެނޭޖްމަންޓް އަދި ސްޓާފް މީޓިންގްތަކުގެ ހާޒިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔުން.
- ޑިރެކްޓަރ ޖެނެރަލްގެ ދުވަހު ޝެޑިއުލް ތައްޔާރުކުރުމާއި، ޑިރެކްޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވާ މީޓިންގްތަކާއި އިވެންޓްތައް އިންތިޒާމު ކުރުން.
- އެކި ސެކްޝަންތަކުން އޮފީހުން ބޭރަށް ފޮނުވާ ލިޔެކިޔުންތައް ފޮނުވުމުގެ ކުރިން ސެކްރެޓޭރިއަޓުން ބަލައިގަތުމާއި، ޑިރެކްޓަރ ޖެނެރަލްއަށް ދައްކާ ސްކްރީން ކުރުން.
- ޑިރެކްޓަރ ޖެނެރަލް ނުވަތަ އޮފީހުގެ އިސްވެރިން، ރާއްޖޭގެ އެކި އަތޮޅުތަކަށާއި، އަދި ރާއްޖެއިން ބޭރަށް ކުރައްވަންޖެހޭ ދަތުރުފުޅުތައް އިންތިޒާމު ކުރުން.
- ޑިރެކްޓަރ ޖެނެރަލް އާއި ބައްދަލުކުރުމަށް އެދޭ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުން.
- ކުއްލިގޮތަކަށް އޮފީހުން ކުރަންޖެހޭ ހާއްސަ މަސައްކަތްތައް ޑިރެކްޓަރ ޖެނެރަލްގެ މަޝްވަރާއާއެކު ކޯޑިނޭޓް ކުރުން.
- އަހަރު ތެރޭގައި އޮފީހުން ކުރާ މުހިއްމު މަސައްކަތްތަކުގެ ރެކޯޑްސް ލިޔެ ބެލެހެއްޓުން.
- އޭ.ޕީ ސެޕް ސިސްޓަމް އަޕްޑޭޓްކުރުމާއި ފައިލްކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
- މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު/ މާލެ)
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 މޭ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން.
|
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ މޭ - ޖޫން 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސް ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމި ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
15 ރަޖަބު 1436
|