މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަން:  އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މުސާރަ: -/5,100 ރުފިޔާ

އެލަވަންސް: -/3,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އިންވެސްޓްމަންޓް ޕްރޮމޯޝަން/ ފައިނޭންސް ސެކްޝަން

ބޭނުންވާ އަދަދު: 1

ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހަވާލުކުރެވޭ ފައިނޭންސް ސެކްޝަންގެ މަސައްކަތްކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ވެލާނާގެ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

އިތުރު މަޢުލޫމާތު

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭފަރާތްތަކަށް އިސްކަންދެވޭނެ އެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، މަޤާމާގުޅޭ މާއްދާތަކުން އެންމެ މަތީ ފާސް ހޯދާފައިވާ 05 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

އަބްދުﷲ ޒިޔާތު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

15 ރަޖަބު 1436 ހ.

04 މޭ 2015
ހޯދާ