އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2،  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/6,295 ރުފިޔާ، ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ ބަޔޯޑައިވަރސިޓީ އެންޑް ކޮންޒަރވޭޝަން

ޝަރުޠު

  • އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  • އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރިއެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ދިރޭތަކެތީގެ މާޙައުލްތަކާއި ނަސްލުތަކާ ބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި އެފަދަ މަޢުލޫމާތު ތައްޔާރުކުރުން.
  • ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިގެންވާ ތަންތަން ދެނެގަނެ، އެފަދަ ތަންތަނުގެ ޙާލަތު ދިރާސާކޮށް، މިފަދަ މާޙައުލުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، ހަދަން ޖެހޭ ގަވާއިދުތަކާއި މެނޭޖްމަންޓް ޕްލޭންތައް ހަދާ އެފަދަ ތަންތަން ބެލެހެއްޓުން.
  • ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި އީ.ޕީ.އޭގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި އިސްވެ މަސައްކަތްކުރުން.
  • ހިމާޔަތްކުރެވޭ ތަންތަނާ ބެހޭ ގަވާއިދުތައް ތަންފީޛުކުރުން.
  • ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ ގަވާއިދުތައް ތައްޔާރުކުރުމާއި އެސަރަޙައްދުގައި ގަވާއިދާ އެއްގޮތަށް ކަންހިނގާތޯ ބެލުމާއި ގަވާއިދާ ޚިލާފަށް ހިނގާކަންކަމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅުއެޅުމުގެ މަސައްކަތްކުރުން.
  • ބަޔޯޑައިވަރސިޓީ ޔުނިޓުން ރަށްރަށަށް ކުރަންޖެހޭ ދިރާސާ ދަތުރުތަކުތަކާއި ވޯކްޝޮޕްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ބަޔޯޑައިވަރސިޓީ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޓެކްނިކަލް އެހީތެރިކަން ބޭނުންވާ ހިނދެއްގައި، އެހީތެރިކަން ފޯރުކޮށްދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތިމާވެށްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް www.epa.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

14 ރަޖަބު 1436

03 މޭ 2015
ހޯދާ