ދިވެހިރާއްޖެ
﷽
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު: FSM-ADV/2024/40
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ތިރީގައިމިވާ ރަށްރަށުން އެ ރަށެއްގެ (ބޭނުންވެއްޖެ ހިނދެއްގައި ކައިރި ރަށްރަށުގެ) އެމްއެންޑީއެފް، އެމްޕީއެލް އަދި މިނޫންވެސް ސަރުކާރު އިދާރާތަކާއި/ކުންފުނިތަކުގެ އުޅަނދުތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބ |
އޭދަފުށި |
އ.ދ |
މަހިބަދޫ |
ގ.ދ |
ތިނަދޫ |
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 25 މެއި 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
- އިޢުލާނު ނަންބަރު
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 27 މެއި 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
18 މެއި 2024