ދިވެހިރާއްޖެ
އިޢުލާން
އިޢުލާން ނަންބަރު IUL)438-ECAS/1/2015/15) (ތާރީޚު:23 މާރިޗު 2015) އަށް ހަވާލާދީ ދަންނަވަމެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއާއި މޯލްޑިވްސް ފޮޓޯގްރަފާރޒް އެސޯސިއޭޝަން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ ފޮޓޯގްރަފީ މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ މުއްދަތު 5 މޭ 2015 ވަނަ ދުވަހު ހަމަވެފައިވާތީވެ، ގިނަ ފަރާތްތަކަކަށް ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފޮޓޯ ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން 14 މޭ 2015 ވަނަ ދުވަހުގެ 1400 ގެ ކުރިން މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ފޮޓޯތަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމިނސްޓްރީގެ ފަރާތުން ތިމާވެށީގެ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާމެދު ފަރުދުންގެ ޝުޢޫރުތައް ފޮޓޯގެ ޒަރީއާއިން ފާޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ދެމެހެއްޓެނިވި ތަރައްޤީއަކަށް ދިރޭތަކެތީގެ ނަސްލު" މިއެވެ. މިތީމުގެ ދަށުން ފޮޓޯތަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީއަކަށް ބިނާކޮށެވެ.
ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތައް
- ދެމެހެއްޓެނެވި ތަރައްޤީއާއި ތިމާވެށި
- ތިމާވެށްޓަށް ކުރަމުންދާ އަސަރު
- އާދަކާދައިގެ ތެރެއިން ދިރޭ ތަކެތި
- ތިމާވެށްޓާއި އިންސާނާ
ވަނަތަކާއި އިނާމުތައް ކަނޑައެޅިފައިވާ ގޮތް
މުބާރާތުގައި އިންސާފުކުރުމަށް ހުޅުވާލެވިފައިވާ ކޮންމެ ކެޓަގަރީއަކުން 2،1 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކެޓަގަރައީކުން ވަނަތަކަށް ހޮވިވަޑައިގަންނަވާ ފަރާތްތަކަށް އިނާމުތަށް ލިބިލައްވާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތައްށެވެ.
1 ވަނަ އަށް -/10،000 ރުފިޔާގެ އަގުހުރި އިނާމެއް
2 ވަނަ އަށް -/8،500 ރުފިޔާގެ އަގުހުރި އިނާމެއް
3 ވަނަ އަށް -/7،000 ރުފިޔާގެ އަގުހުރި އިނާމެއް
މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާން ވާނެއެވެ.
- ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
- ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
- ފޮޓޯގެ ކެޕްޝަން (އިނގިރޭސިން)
- ފޮޓޯ ހުށަހެޅުނު ތީމާއި ފޮޓޯ އާއި ހުރި ގުޅުން ބަޔާންކޮށް ލިޔުން ކޮޅެއް (އިނގެރޭސިން 40 ބަހަށްވުރެ ދިގު ނުވާވަރުގެ)
- ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ އެބަދަލު (މުބާރާތަށް ބަލައިގަނެވޭނެ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
- ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު
އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތަށް:
- އުފެއްދުން ތެރިކަން
- ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
- ފަންނުވެރިކަން
- ތީމާއި ގުޅުންހުރި މިންވަރު
ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި މިމިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތައް ބޭނުން ކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތައް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓްގެ ލިންކް www.environment.gov.mv/v1/download/897 އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ހިމަނައިގެން 5 - 7 ޖޫން 2015 ގައި ނެޝަނަލް އާރޓް ގެލެރީގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ
މާފަންނު،
މާލެ، ދިވެހިރާއްޖެ