މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމާއި ގުޅޭ

އިޢުލާން            

ގޯތި ދޫކުރާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމާއި ގުޅޭ

 

ވާދޫއިން ގޯތި ދޫކުރާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފެށިފައިވާތީ، ރަށުގެ އުތުރުކޮޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ހުރި ސަރަހައްދު (ރ.ވާދޫ މާޒިން އަދި ސަނަމްގެ އުތުރުން އޮތް ހުސްބިން) އަދި ދެކުނުކޮޅުން ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން (ރ.ވާދޫ އާލަމް ގޯއްޗާއި ގަބުރުސްތާނާއި ދެމެދު އޮތް ހުސްބިމާއި މަގުތަކުގައި) އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިތޯ ބެލުމަށް ބޭނުންވެއެވެ.

 

ވީމާ، ދެންނެވިފައިވާ ސަރަހައްދުތަކުގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ، 2024 މެއި 22 ވާ ބުދަ ދުވަހުގެ ކުރިން އެކަން މި އިދާރާއަށް އެންގެވުމަށް ދަންނަވަމެވެ.

 

މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅުއްވާފައިނުވާނަމަ، އެސަރަހައްދުތަކުގައި އިތުރަށް ބަދަލުދޭންޖެހޭ ރުއްގަހެއް ނެތްކަމަށް ބަލާ އެމައްސަލަ ނިންމާނެ ވާހަކަ ދަންނަވަމެވެ.

16 މޭ 2024
ހޯދާ