މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އަދި ޢިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާ އެރުމަށް ކުއްޔަށް ދިނުމާގުޅޭ

އިޢުލާން

ޕްރީސްކޫލް އަދި ޢިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާ އެރުމަށް ކުއްޔަށް ދިނުމާގުޅޭ

ރ.މާކުރަތު ޕްރީސްކޫލް ގޯތިތެރޭގައި ހުރި ފޯދުނު 7 (ހަތެއް) ރުއް، އަދި ރ.މާކުރަތު ޢިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ފޯދުނު 1 (އެކެއް) ރުއް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ރާ އެރުމަށް ކުއްޔަށް ދޫކޮށްލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މެއި 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ށް އަގު ހުށަހެޅުމަށް އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް މިރުއްތައް ހަވާލު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުއްޔަށް އެދި އަގު ހުށަހަޅާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       08 ޛުލްޤަޢިދާ 1445                         

16 މޭ 2024
ހޯދާ