އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މެސެންޖަރު

މަޤާމު:

މެސެންޖަރު

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް:

އިދާރީ ހިންގުމާއި ފައިސާއާ ބެހޭ

މަޤާމުގެ ޝަރުޠު:

  • މަގާމަށް ބޭނުންވާ ސަނަދެއް/ ލައިސަންސެއް/ ތަމްރީނެއް/ ހުއްދައެއް ހާސިލުލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި،
  • ސައިކަލު ދުއްވުމުގެ ލައިސަންސް އޮތުން (ސައިކަލު ދުއްވުމުގެ ލައިސަންސްގެ އިތުރުން ކާރު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައި ވުން.
  • އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އޮފީހުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި، އޮފީހުން އަންގާ ގޮތެއްގެ މަތީން އެފަރާތްތަކަށް ރައްދުކުރުން.
  • އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާއާއި ޗެކުފަދަ ތަކެތި، އޮފީހުން އަންގާ ގޮތެއްގެ މަތީން ހަވާލުކުރުން.
  • ޖަލްސާއާއި ބައްދަލުވުންފަދަ ހަރަކާތްތަކުގެ ދަޢުވަތުކާޑު ރައްދުކުރުން.
  • ސްޓޮކަށް ބޭނުންވާ ތަކެތި ގެނައުމުގައި، ސްޓޮކް ބަލަހައްޓާ މުވައްޒަފުނަށް އެހީތެރިވުން.
  • ސްޓޮކަށް ބޭނުންވާ ކޯޓޭޝަން ހޯދުމުގައި އެހީތެރިވުން.
  • މަރާމާތުކުރަންޖެހޭ މެޝިނަރީތައް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ގެނައުން.
  • ޖަލްސާތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުމުގައި އެހީތެރިވެ އެއްބާރުން ދިނުން.
  • އޮފީސް އިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް ބަލަހައްޓައި ތަރުތީބު ކުރުމުގައި އެހީތެރިވެ އެއްބާރުލުން ދިނުން.

އުޖޫރަ އާއި އިނާޔަތްތައް:

  • މުސާރަ (މަހަކު): -/5،300 ރުފިޔާ
  • ސަރވިސް އެލަވަންސް (މަހަކު): -/2،000 ރުފިޔާ
  • އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި).
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
  • ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

  • 12 މޭ 2015 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް
  • އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް/ ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ.
  • މި އޮފީހުގެ އިޢުލާން ނަންބަރު IUL)460/460/2015/5) އާ ގުޅިގެން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ