އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ ޢީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ކައުންސިލުން ހިންގުމަށް ނިންމާފައިވާ ފެން މަޖާ ހަރަކާތް ހިންގުމަށް ޝައުގުރުވެރިވާ ފަރާތެއް ހޯދުމަށް

ޢިއުލާން

"އައްޑޫ ޢީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން ކައުންސިލުން ހިންގުމަށް ނިންމާފައިވާ ފެން މަޖާ ހަރަކާތް ހިންގުމަށް ޝައުގުރުވެރިވާ ފަރާތެއް ހޯދުމަށް

                 1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

         އެގޮތުން ޢީދުގެ މުނާސަބަތުގައި ކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދުތަކެއްގައި ހިންގުމަށް ނިންމާފައިވާ ފެން ކުޅިވަރު ހަރަކާތް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ވީމާ މިހަރަކާތް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އީމެއިލް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މި ހަރަކާތް ހިންގުމަށް އެއް ފަރާތައްވުރެ ގިނަފަރާތްތަކުން ޝައުޤުވެރިކަން ހުށަހަޅާއިފިނަމަ، ހަރަކާތް ހިންގާނެ ފަރާތެއް ނިންމާނީ ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުންތަކަށް ބަލައި މިއިދާރާއިންނެވެ. މިހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

08 ޒުލްޤައިދާ 1445

16 މޭ 2024

16 މޭ 2024
ހޯދާ