ދިވެހިރާއްޖެ
އިޢުލާން
ދެއްވަދޫ ރަމްޒޮކޮށްދޭ މޮނިއުމެންޓް ހެދުމާގުޅޭ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ''ރަށުނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް'' ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)411-B/411/2024/11 (05 ފެބުރުވަރީ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 21 މެއި 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 މެއި 2024ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޛުލްޤައިދާ 1445
16 މެއި 2024