ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ. ކުރިނބީ ކައުންސިލްގެ ރުއްދަނޑު 7 (ހަތެއް) މަސް ދުވަހުގެ މުއްދަތަށް ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުގެ ނަންބަރު: (IUL)265/265/2024/3 (14 ޖަނަވަރީ 2024) އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބީލަންތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ކުރިނބީ ކައުންސިލްގެ ރުއްދަނޑު 7 (ހަތެއް) މަސް ދުވަހުގެ މުއްދަތަށް ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މެއި 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކުރިނބީ ކައުންސިލްގެ އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މި މަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ކޯޓޭޝަންގެ ނަމޫނާއެއް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 މޭ 2024
ހޯދާ