ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ހއ. ދިއްދޫގައި ހުންނަ މިބޭންކްގެ ދިއްދޫ ބްރާންޗުގެ މައިދޮރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ, މިކަމަށް ޝައުޤުވެރިވެވަޑައިގަަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިބޭންކުގެ ހއ.ދިއްދޫގައި ހުންނަ ދިއްދޫ ބްރާންޗަށް އަމިއްލަ ޚަރަދުގައި ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ކ.މާލޭގައި ހުންނަ ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކްގެ މީޓިންގރޫމުގައެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
13 މޭ 2015 |
ބުދަަ |
ހެނދުނު 08:00- ހަވީރު 16:00 އާ ދޭތެރޭގައި |
އަންދާސީހިސާބު ހުށަހެޅުން |
21 މޭ 2015 |
ބުރާސްފަތި |
މެންދުރުފަހުގެ 14:00 |
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
16 ރަޖަބު 1436