ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އެސިސްޓެންޓް މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް އާންމު ކުރުން
މި އިދާރާގެ ނަންބަރު: (IUL)305-CA305/305/2024/36 (23 އޭޕްރީލް 2024) އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓް މަޤާމަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ ޝީޓް މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިޝީޓުގައިވާ މަޢުލޫމާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ 21 މެއި 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 13:30 އާއި ދެމެދު މި އިދާރާގެ ނަންބަރު 4009830 ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޛުލްޤަޢިދާ 1445