މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: ސނިއަރ މެކޭނިކް (މެރިން)

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ތިލަފުށި ޑޮކް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޢަސާސީ މުސާރަ ރޭންޖް: 7800.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް: 2500.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އޯފް ރެސިޑެންޝަލް އެލަވަންސް: 1000.00 ރުފިޔާ

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު:

  • ޑިޕްލޮމާ/ އެޑްވާންސްޑް ސެޓްފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ. 
  • ހައިޑްރޯލިކް އިންޖީން މަރާމާތުކުރުމުގެ 3-4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގާ، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރުން.

މަޤާމު: އޮޕަރޭޓަރ (ބަސް/ ވޭން)

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް: 5500.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:

  • BO ނުވަތަ B2/ B1 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދު ގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު: ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު: 03

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ:4700.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު

  • ގްރޭޑް 10 ގެ ފެންވަރު ނުވަތަ 1-2 އަހަރު ފައިސާއާއި މުޢާމަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.     
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާ ގޮތުގެ މަތިން ދަތުރު ގެ އެންމެހާ ކަންތައް ބަލަހައްޓައި ޕަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުން މީގެ އިތުރުން ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.  

މަޤާމު: ކްރޫ  

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 04

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 4700.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަތުމާއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން12 މޭ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ