މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ޕްރީސްކޫލަށް ޓީޗަރުން ހޯދުމާއި ގުޅޭ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ޕްރީސްކޫލް ޓީޗަރ

އަދަދު

2

މަޤާމް ގިންތި

11 މަސް ދުވަހަށް (ވަގުތީ)

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެނބަދޫ ޕްރީސްކޫލް

މުސާރަ

3000.00 ރުފިޔާ މަހަކު

އިތުރު އިނާޔަތްތައް

-       ހަމަޖެހިފައިވާ އުސޫލުގެ ދަށުން ރަމަޟާން އިނާޔަތް ލިބޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު

  1. 1.     ޕްރީސްކޫލްގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއެކު ދަރިވަރުންނަށް ކިޔަވައިދުނުން.
  2. 2.     ޕްރީސްކޫލް ރަޖިސްޓްރީ ބެލެހެއްޓުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  3. 3.     ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުނގައްނައިދިނުން.
  4. 4.     ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  5. 5.     ދަރިވަރުން ގެންގުޅޭ މާހައުލަކީ، ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން.

ޝަރުތު

  1. 1.     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން ''ޑީ'' ފާސް ލިބިފައިވުން. ނުވަތަ
  2. 2.     ޕްރީސްކޫލް ޓީޗިން ދާއިރާއިން ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

 

ތަޢުލީމާއި ތަމްރީން

12.5

30

ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

15

35

ވަޒީފާ އާއި ތަޖުރިބާ

 

މަސައްކަތުގެ ތަޖިރިބާ

4

10

އެހެނިހެން ތަޖުރިބާ

43

100

އިންޓަވިއު

ލިބިފައިވާ ހުނަރު

100

235

ޖުމްލަ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 މޭ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރަށް ވަޒީފާއަށް އެދޭފޯމާއެކު ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. މިވަޒީފާއަށް އެދިހުށަހަޅާ ފޯމް މިއިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރު 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮނާނީ 23 މޭ 2024 އާއި 30 މޭ 2024 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1.     ވަޒީފާއަށް އެދޭ ފޯމް
  2. 2.     ތަޢުލީމާއި ތަޖުރިބާއާއި ގުޅޭކަން އަންގައިދޭ ލިޔުން
  3. 3.     ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް
  4. 4.     ވަޒީފާއަށް އެދޭފަރާތުގެ ސީވީ

 

 

 

 

15 މޭ 2024
ހޯދާ