މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-354812

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕޮލިސީ ފޯމިއުލޭޝަން ސެކްޝަން، ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާރޓްމަންޓް، މާލީ ވުޒާރާ، ކ. މާލެ

މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް އަދި އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، ގުޅޭ ތަމްރީން ޕްރޮގްރާމްތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
 2. ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ކަންތައްތަކާއި ބެހޭ އެންމެހާ މުވައްޒަފުންނަށް ތަމްރީނުދިނުމުގެ ކަންތައްތައް ރާވައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަންތައްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުން.
 3. ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ ސިޔާސަތު އެކުލަވާލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުގައި އެހީތެރިވެދިނުން.
 4. ދައުލަތުގެ އޮފީސްތަކުން ހޯދާތަކެތި ގަތުމުގައި ބޭނުންކުރާނެ ފްރޭމްވޯރކްއެގްރީމަންޓް އެކުލަވާލުމާއި، ސެންޓްރެލީ ދައުލަތަށް ގަނެވޭނެ މުދާތައް ވަކިކޮށް އަގުހެޔޮ ގޮތެއްގައި އެތަކެތި ދައުލަތުގެ އޮފީސްތަކަށް ހޯދޭނެ ނިޒާމެއް ގާއިމްކުރުމުގައި އެހީތެރިވެދިނުން.
 5. ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ހިދުމަތްތައް ހޯދުމާއި، މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމްކުރުމުގައި އެހީތެރިވެދިނުން.    
 6. ފިޑިކް ސްޓޭންޑަރޑްތައް އެނަލައިޒްކޮށް އެއާއި އެއްގޮތަށް ސްޓޭންޑަރޑް ބިޑިންގ ޑޮކިއުމަންޓްސްތަކާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި، ގައިޑްލައިންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
 7. ފަންޑިންގ އޭޖެންސީތަކުގެ ޕްރޮކިއުމަންޓް އުސޫލުތައް އެނަލައިޒްކޮށް އެއާއި އެއްގޮތަށް ސްޓޭންޑަރޑް ބިޑިންގ ޑޮކިއުމަންޓްސްތަކާއި، ޕްރޮކިއުމަންޓް އުސޫލުތަކާއި، ގައިޑްލައިންތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
 8. ޕަބްލިކް ޕްރޮކިއުމަންޓާއި ބެހޭ ސިޔާސަތުތަކާއި އެއާއި ގުޅުންހުރި އެހެން ހުރިހާ ކަންކަމާއި ބެހޭ ގޮތުން ދައުލަތަށާއި ދައުލަތުގެ މުއައްސަސާތަކަށް ލަފާދިނުމުގައި އެހީތެރިވެދިނުން.
 9. ދައުލަތަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމާއި މަސައްކަތް  ކުރާނެ ފަރާތެއް ހޯދުމަށްޓަކައި ޕްރޮކިއުމަންޓާއި ބެހޭގޮތުން އަމަލުކުރާނެ ގޮތްތަކާއި ސަރކިއުލަރތަކާއި ދެންނެވުންތައް ތައްޔާތުކުރުމާއި އަދި އެކަންކަމާއި ގުޅޭގޮތުންކުރަންޖެހޭ ކަންތައްތައް ކުރުމަށް އެހީތެރިވެދިނުން.
 10. ސެކްޝަން ބަޖެޓް ޕްލޭން ހެދުމަށް އެހީތެރިވުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމައްޓަކައި އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން.
 11. ދައުލަތުގެ އޮފީސްތަކުގައި ފުރިހަމަ އިލެކްޓްރޯނިކް ޕްރޮކިއުމަންޓް ނިޒާމެއް ގާއިމްކުރުމަށްޓަކައި ބޭނުންވާނެ ރިކުއަރމަންޓްތައް ތައްޔާރުކުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ ނިޒާމު ޑިވެލޮޕް ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
 12. އިލެކްޓްރޯނިކް ޕްރޮކިއުމަންޓް ނިޒާމެއް ގާއިމްކުރުމުގެގޮތުން ތަޢާރަފްކުރެވޭ ޕޯޓަލް އާއި ގުޅިގެން ދައުލަތުގެ އޮފީސްތަކަށް ދޭންޖެހޭނެ އެންމެހައި ތަމްރީނުތައް ދެނެގަނެ އިދާރާތަކަށް އެ ތަމްރީނުތައް ހިންގުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
 13. ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ޑިވެލޮޕް ކުރަންޖެހޭ އެންމެހައި ޕޯރޓަލްތަކާއި، ވެބް އެޕްލިކޭޝަންތައް ހެދުމަށް އެހީތެރިވެދިނުން.
 14. ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކަށް އައްޔަނު ކުރާ މެމްބަރުން ގަވާއިދަށް އަހުލުވެރި ކުރުވުމަށް ތަމްރީން ޕްރޮގްރާމްތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
 15. ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީތަކަށް އައްޔަނު ކުރާ މެމްބަރުންނަށް ތަމްރީނުދިނުމުގެ ކަންތައްތައް ރާވައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން މިކަންތައްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުން.
 16. މާލިއްޔަތު ގަވައިދާއި ގުޅިގެން ސަރުކާރުގައި އިދާރާތަކާއި ބީލަންވެރިންގެ ފަރާތުން އަންނަ ސުވާލުތަކަށް ޖަވާބުދާރީވުމާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ދިއުމަށް އިރުޝާދު ދިނުން.
 17. ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ޖަލްސާތައް ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ އިރުޝާދާއި އެއްގޮތަށް އިންތިޒާމް ކުރުމާއި، ޖަލްސާތަކުގެ ނިންމުންތަކާއި، ހުށަހެޅޭ ލިޔެކިޔުންތަކުގެ އެންމެހައި ރިކޯޑްތައް ބެލެހެއްޓުމާއި އަދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑަށް ހުށަހެޅުމަށް ޕްރޮކިއުމަންޓާއިބެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، ގައިޑްލައިންތަކާއި، ގުޅޭގޮތުން ކަރުދާސް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
 18. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން އަދި މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މަގުދައްކައިދިނުން.
 19. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު (ޓްރެއިނިންގ ރިކުއަރމަންޓް) ތައްޔާރުކުރުމަށް  ބޭނުންވާ މައުލޫމާތު އެއްކޮށް، އެއާއި ބެހޭގޮތުން ސެކްޝަން ހެޑްއަށް ލަފާދީ އެހީތެރިކަން ފޯރކޮށްދިނުން.
 20. ސެކްޝަން ބަޖެޓް ޕްލޭން ހެދުމަށް އެހީތެރިވުން.
 21. ސެކްޝަނަށް ލިބޭ ސިޓީ، ނޯޓުފަދަ ތަކެއްޗާއި ގުޅޭ މައުލޫމާތު ހޯދުމާއި، ޖަވާބު ތައްޔާރުކުރުން.
 22. ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

 1. އެކައުންޓިންގ
 2. ބިޒްނަސް
 3. ބިޒްނަސް އެޑްމިނިސްޓްރޭޝަން
 4. ބިޒްނަސް މެނޭޖްމަންޓް
 5. އިކޮނޮމިކްސް
 6. ފައިނޭންސް
 1. ޕްރޮޖެކްޓު މެނޭޖުމަންޓު

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް: 

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

 1. އެކައުންޓިންގ
 2. ފައިނޭންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 1. ފައިނޭންސް
 2. އެކައުންޓިންގ 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26މެއި 2024 ގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި މިނިސްޓްރީގެ އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 30 މެއި 2024 އާއި 13 ޖޫން 2024 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                               07  ޛުލްޤައިދާ 1445

15 މޭ 2024
ހޯދާ