ދިވެހިރާއްޖެ
އައްޑޫސިޓީގެ ކަނޑުބައްތިއާއި ނެރުބައްތި ޖެހުން
މި އިދާރާގެ ނަންބަރު IUL)426-EB/1/2015/52)ފ(21 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ މަސައްކަތަށް އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވީމެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
14 ރަޖަބު 1436