ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލަށް މުވައްޒަފުން ނެގުމާއިގުޅޭ

          މި އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ އިމާމުން ޗުއްޓީ ނެގުމާއި، އެހެނިހެން ސަބަބުތަކާއި ގުޅިގެން މަސައްކަތަށް  ނުނިކުންނަވާ ދުވަސްތަކުގައި ބަންގިގޮވައި އިމާމުވެ، ނަމާދުކުރާ ފަރާތްތަކުގެ ޕޫލެއް 1 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ.

 

         މުސާރަ: މުދިމެއްނަމަ، މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް  53.00 ރުފިޔާ (ގަޑިއަކަށް)

             އިމާމެއްނަމަ، މަސައްކަތު ނިކުންނަވާ ވަގުތަކުންކުރެ ކޮންމެ ވަގުތަކަށް  61.00 ރުފިޔާ (ގަޑިއަކަށް)

 

         ޕޫލްގައި ހިމެނޭ މުވައްޒަފުން މަސައްކަތް ކުރާނެގޮތުގެ އުޞޫލު  މި އިދާރާއިން ކަނޑައަޅައި ޕޫލުގައި ހިމެނޭ ފަރާތްތަކާ ޙިއްޞާ ކުރެވޭނެއެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

         މިކަމަށް އެދި ހުށަހަޅާ ފަރާތްތަތަކާއެކު ބާއްވާ އިންޓަވިޔު އޮންނާނީ  26 މެއި 2024 ވާ އާދީއްތަ ދުވަހާއި 30 މެއި 2024 ވާ ބުރާސްފަތި ދުވަހާއި ދެމެދުއެވެ.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

15 މޭ 2024
ހޯދާ