ދިވެހިރާއްޖެ
ހާބަރ ކެފޭ، ފެރީޓާރމިނަލް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ބަނދަރުގައި ހާބަރ ކެފޭ، ފެރީޓާރމިނަލް ތަރައްޤީކޮށްދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން
މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
- 19 މެއި 2024 ވާ އާދީއްތަ ދުވަހުގެ 10:00 އިން
- 23 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް
މަޢުލޫމާތު ދިނުން
- · 29 މެއި 2024 ވާ ބުދަ ދުވަހު 11:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ.
ބީލަން ހުށަހެޅުން
- 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.
15 މެއި 2024މ.