މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

މާކުރަތު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ޕޭސްޓްރީ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން (ކޮންމެ ބައިވެރިއެއްގެ އަތުން) -/1100 (އެގާރަ ސަތޭކަ ރުފިޔާ) ގެ ފީއެއް ނަގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 މެއި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރު 4009830 ފޯނަށް ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް  އ.ތ.މ ކޮމިޓީގެ ރައީސާ (މަރްޔަމް މުޙައްމަދު)ގެ  9726728 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ނޯޓް: މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި އަންހެން ބޭފުޅުންނަށް ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       07 ޛުލްޤަޢިދާ 1445                          

15 މޭ 2024
ހޯދާ