މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ނޭޝަނަލް ކޮންސަލްޓެންޓް ފޮރ ޑިވެލޮޕްމަންޓް ޕޮލިސީސް

އިޤްތިޞާދީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރައްވާނެ މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ނެޝަނަލް މެކްރޮ އިކޮނޮމިކް ޕޮލިސީސް އަދި ފައިނޭންޝަލް ޕޮލިސީސްތައް ބަލައި މި ޕޮލިސީތައް އެކުލަވާލުމުގައި އެހީތެރިވުން.
  • މެކްރޯ އިކޮނޮމިކް ފްރޭމްވާރކް ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރުމާއި އަދި އެކަމާ ގުޅޭ ކަންކަން ކުރުން
  • ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތަށް އެކިއެކި ސަރަޙައްދުތަކަށް ބަހާލެވިފައިވާ މަޝްރޫޢު/ޕްރޮގްރާމްތަކަށް ފައިސާ ބަޖެޓްކުރުމަށްޓަކައި އިސްކަންދޭންވާ ކަންކަމަށް އެހީތެރިވެދިނުން
  • ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢު/ޕްރޮގްރާމްސް އަދި ދާއިރާތައް ހިމެނިފައިވަނީ ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީންކަން ޔަޤީންކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ އުސޫލުތައް އެކަށައެޅުމަށް އެހީތެރިވުން
  • މިނިސްޓްރީގެ އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ ޑިވިޜަންގައި އަލަށް އުފައްދާފައިވާ އިކޮނޮމިކް ރިސާޗް ޔުނިޓް ޤާއިމުކޮށް ހަރުދަނާކުރުމަށް އެހީތެރިވުން.
  • މަސައްކަތާ ގުޅޭ ތަޖުރިބާގެ އެހީގައި އެކި ގޮތްގޮތުން އެދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކޮށް ތަރައްޤީ ކުރުމަށް އެހީތެރިވުން
  • އެކި ޓެކްނީކްތައް ބޭނުންކޮށްގެން ލިބިފައިވާ ނޮލެޖް ހިއްސާކުރުން

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލުކަން:

  • އެންމެ ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7، 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށްފައިވުން.
  • ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާބެހޭ ފަންނީ ޤާބިލުކަން ހުރުމާއެކު އެންމެ ފަހުގެ އިޤްތިޞާދީ އޮއިވަރު އެނގުން.
  • އިޤްތިޞާދީ ސިޔާސަތުތަކާގުޅޭ މަސައްކަތްކުރުމުގައި މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:  

  • މެކްރޯ އިކޮނޮމީއާ ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • އިޤްތިޞާދީ ރިޕޯޓްތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކޮށްފައިވުން

ޝަރުޠު ހަމަވާ ފަރާތްތަކުން އެކަމަށް އެދިހުށަހަޅާ ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

- މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު (ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުން)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ އެސެސްމަންޓް ރިޕޯޓް.

ފޮނުވާނީ:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީ މަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯން: 3349335

އީމެއިލް:[email protected]

ސުންގަޑި:  21 މޭ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.

މަސައްކަތުގެ އުޖޫރަ:

  • މި މަސައްކަތަށް ކަނޑައެޅިފައިވަނީ މަހަކު -/25,000 ރުފިޔާއެވެ.

އެއްބަސްވުމުގެ މުއްދަތު:

  • މި މަޤާމަށް ހޮވޭ ފަރާތަކާއި މި މިނިސްޓްރީއާ ދެމެދު 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއްދަތު ހަމަވުމުން މަސައްކަތަށް ބެލުމަށްފަހު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.
07 މޭ 2015
ހޯދާ