ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޯށްދޭނެ 5 އެޖެންސީއެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމާއި، އަދި ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ 3 އެޖެންސީއެއް ހޯދުމަށް ބޭނުންވެގެން ކުރިންކޮށްފައިވާ އިޢުލާން ނަންބަރު: TENDER/URH/2023/41 އާއި ގުޅިގެން ހުށައަޅުއްވާފައިވާ ޕްރޮޕޯސަލްތަކުގައި އިދާރީ މައްސަލަތަކެއް ހުރިމާއިގުޅިގެން އެ ޕްރޮޕޯސަލްތައް ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 2 އަހަރު ދުވަހުގެ މުއްދަތަށް މި ހޮސްޕިޓަލުގެ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމުގެ މަސައްކަތްތަކާއި، ވާކްޕާމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނޭ 5 (ފަސް) އެޖެންސީއެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުވެރިވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމާއި، އަދި މި މަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 2024 މޭ 14 އިން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން. އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 ގޫގަލް ފޯމު ލިންކް:
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް ތާރީޚް: 30 މޭ 2024 - ބުރާސްފަތި ގަޑި: 11:00 (މެންދުރު) |
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، ބޭނުންވާ އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
06 ޛުލްޤައިދާ 1445