ވަޒީފާގެ ފުރުސަތު
|
މި އިދާރާގެ ނަންބަރު (IUL)426-6A/426/2024/69 (20 މާރިޗް 2024) އިޢްލާނާއި ގުޅިގެން ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ވަޒީފާއަށް އެދި ކުރިމަތިލާފައިނުވާތީ، މި އިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރަމެވެ.
|
މަޤާމު:
|
މުނިސިޕަލް އިންސްޕެކްޓަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ (2 އަހަރު)
|
މަޤާމުގެ ނަންބަރު:
|
MS179
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހުޅުދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
4465.00
|
ސަރވިސް އެލަވަންސް:
|
1500.00
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށް ވުރެ މަދުން ލިބޭނަމަ، އެ ޢަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
- ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- މަގުމަތި ކުނިކެހުމާއިބެހޭ ގަވާއިދު ތަންފީޒުކުރޭތޯ ބެލުން.
- އޮޑިހަރުގެއާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ކަނޑު ތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ލައުޑް ސްޕީކަރު ބޭނުން ކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އާންމު އުނދަގުލާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭވުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާއި ފީނެގުމާއިބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ކުނިއުކާލުމާއި ކުނި ނައްތާލުމުގެގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާއި ބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދު ތަންފީޒު ކުރޭތޯ ބެލުން.
- މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ގޯތި ގެދޮރު އިމާރާތް ކުރުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އައްޑޫގައި ގާޑިޔާ ނުތަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ގަވާއިދު ތަންފީޒު ކުރޭތޯ ބެލުން.
- އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން ގަވާއިދު ތައް ތަންފީޒު ކުރޭތޯ ބެލުން.
- އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދުތަކުގެ ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ސުޕަވައިޒަރ / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް ފަދަ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށް ވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- އަސާސީ ޝަރުތު ހަމަވުމުން - %40
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އިންޓަރވިއު - %50
މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.
- ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މޭ 22 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން، ހުޅުދޫ އަވަށު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް، [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 މޭ 24 އާއި 2024 މޭ 27 އާ ދެމެދު، ހުޅުދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894728/6894655 ނަންބަރު ފޯނާއެވެ.
|
06 ޛުލްޤަޢިދާ 1445
14 މޭ 2024
|