ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާއަށް100 އިންޗީގެ މަލްޓިމީޑިއަރ ޓީވީއެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، ޓީވީ ސަޕްލައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ، 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އީމެއިލް އިން ހުށަހަޅާނަމަ ކަނޑައެޅިފައިވާ ގަޑީގެ ކުރިން މި ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަންގެ އީމެއިލް، [email protected] އަށް އީމެއިލް ކުރެއްވުމުން ފުދޭނެއެވެ.
މި މަސައްކަތުގެ "މަޢުލޫމާތު ޝީޓު" ސްޕެސިފިކޭޝަން މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވާނަމަ މިއިދާރާގެ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.