ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު: TES/2024/G-003)
މީހުން ދިރިއުޅޭ 20 ރަށެއްގައި އިރުގެއަލިން ކަރަންޓު އުފައްދާ ނިޒާމުތައް ގުޅުމަށް ރަށުގެ ކަރަންޓުވިއުގަ އަޕްގުރޭޑްކުރުމުގެ މަސައްކަތް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް (3 ލޮޓް)
1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން މީހުން ދިރިއުޅޭ 20 ރަށެއްގައި އިރުގެއަލިން ކަރަންޓު އުފައްދާ ނިޒާމުތައް ގުޅުމަށް ރަށުގެ ކަރަންޓުވިއުގަ އަޕްގުރޭޑްކުރުމުގެ މަސައްކަތް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް (3 ލޮޓް) ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މީހުން ދިރިއުޅޭ 20 ރަށެއްގައި އިރުގެއަލިން ކަރަންޓު އުފައްދާ ނިޒާމުތައް ގުޅުމަށް ރަށުގެ ކަރަންޓުވިއުގަ އަޕްގުރޭޑްކުރުމުގެ މަސައްކަތް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކުރުމުގެ މަސައްކަތަށް (3 ލޮޓް)ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
4. ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.
5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،
ފޯން : (+960) 3349102، (+960) 3349106، (+960) 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 މޭ 14 އިން 2024 ޖުލައި 1 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
- ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ
7. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް 2024 މޭ 27ވާ ހޯމަ ދުވަހުގެ 11:00 ގައެވެ. ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތު ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާ ވާނެއެވެ.
8. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
9. ބީލަން ހުޅުވުން އޮންނާނީ 2024 ޖުލައި 3ވާ ބުދަ ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.