މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އ.ތ.މ ކޮމެޓީ ވޮލީމުބާރާތް 2024" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

މި ކޮމެޓީގެ ފަރާތުން ރ. އަލިފުށި ކަނބަލުންނަށް ހުޅުވާލައިގެން، 2024 ޖޫން 23 ގައި  ބާއްވާ "އަލިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ކަނބަލުންގެ ވޮލީ މުބާރާތް 2024" ގައި ބައިވެރިވުމުގެ މުއްދަތު މިހާރު މިވަނީ 2024 މެއި 30 އަށް އިތުރު ކުރެވިފައެވެ.  

 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވާ  30 މޭ 2024 ގެ 14:00 ގެ ކުރިން އަލިފުށި ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅަހަޅާ ފޯމު ސަރުކާރު ރަސްމީ ގަޑީގައި އަލިފުށި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                   06 ޛުލްޤައިދާ  1445

14 މޭ 2024
ހޯދާ