މަޤާމް:
|
މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
03 (ތިނެއް)
|
މަޤާމުގެ ބާވަތް:
|
ކޮންޓްރެކްޓް
|
މަޤާމު އޮތް އޮފީސް:
|
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ
|
މަޤާމުގެ މުސާރަ:
|
6000.00 (ހަހާސް ރުފިޔާ) މަހަކަށް.
|
އިތުރު ގަޑި:
|
މުސާރައިގެ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ލިބޭނެއެވެ.
|
މަސައްކަތުގެ ވަގުތު
|
ހަފުތާއަކު 6 ދުވަހު ކޮންމެ ދުވަހަކު 6 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި)
|
މަޤާމުގެ ޝަރުޠުތައް:
|
- ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތު ހުނަރު އަދި ޤާބިލުކަން ލިބިފައިވުން.
ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
- ސްކްރީނިންގް މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
- ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
- ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު ޢުމުރުފުރާގެ މީހެއް ކަމުގައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް :
|
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުނި ޑަސްބިންތައް ހުސްކުރުމާއި، ކުނި އަޅަން ޚާއްސަ ކުރެވިފައިވާ ތަންތަނަށް ކުނި ގެންގޮސް ކުނި ޑަސްބިންތައް ހުސްކޮށް ކުނިބައިބައި ކުރުން.
- ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ ތަކެތި ނައްތާލުމާއި ކުނި އަންދާ ބެޑްތައް ނުވަތަ ކުނި އަންދާލާތަން ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
- ޚާއްސަ ހާލަތުގައި އުފެދޭ ކުނި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކަލެކްޓުކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާ ކުނި ބޭނުންކޮށްގެން ކާދު ހެދުމުގެ މަސައްކަތް ކުރުން.
- ކުނި ނިޒާމްގައި ބައިވެރި ނުވާ ފަރާތްތަކުގެ ގޭޓްފީ ރަސީދު ކުނިކޮށްޓަށް ދެއްކުމުން އެ ފަރާތްތަކުން ގެންދާ ކުނި މެނޭޖްކުރެވޭނޭ އިންތިޒާމް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހަމަޖެއްސުން.
- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތަކުގެ ތެރެއިން، ރީޔޫސެބަލް އަދި ރީސައިކަލް ކުރެވިދާނެ ކުނި ބައިބަޔަށް ބައިކުރުވުމާއި މެޝިން ބެނުންކޮށްގެން ރެޑިއުސްކޮށް ބަންޑެލިކޮށް ވަކިކޮށް ޖަމާކޮށް ބެލެހެއްޓުން.
- ކުންޏާއިބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ދިނުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުމާއިއެކު ސެންޓަރުގައި ތިބި އިލެކްޓްރިކް މެޝިނަރީތަށް ކޮންމެ 3 މަހަކުން 1 މަހު ސާފުކުރުމާއިއެކު އެކަށީގެންވާ ރަގަޅު ތެޔޮ މެޝިނަރީތަކުގައި އުގުޅައި ބެލެހެއްޓުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިއުފުލުމަށް ބޭނުންކުރާ ޕެޓްރޯލް ވެހިކަލާއި ، ބެޓްރި ބަގީ ކޮންމެ މަހަކު 1 ފަހަރު ދޮވެސާފުކޮށް ފެންހިންކާ ތެޔޮޖަހާ ސާފުކޮށް ބެލެހެއްޓުން.
- ކުނި ނައްތާލުމުގައި ޢަމަލު ކުރަންޖެހޭ ޤަވާޢިދު ނަންބަރު: 2013/R-2095 "ކުނި އުކާލުމާއި ކުނި ނައްތާލުމާއިބެހޭ ޤަވާޢިދު" ގައިވާ ގޮތަށް އަމަލު ކުރުން.
- މި އެއްބަސްވުމުގައި ކުރަންޖެހޭ މަސައްކަތުގެ ގޮތުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން، ކުއްލިއަކަށް ދިމާވާ ކަންކަމުގައާއި، އެނޫނަސް މުހިއްމު އިޖުތިމާޢީ ކަންކަމުގައި ކައުންސިލްގެ އިދާރާގެ ވެރިން އަންގާ ގޮތެއްގެ މަތިން ރަށުގެ އިޖުތިމާޢީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ކައުންސިލަށް ފުރިހަމައަށް އެއްބާރުލުން ދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސްކޫލް ލީވިންގ ސެޓްފިކެޓް.
- ކުނިކަހައި ފޮޅައި ސާފުކުރުންފަދަ މަސައްކަތުގެ ދާއިރާއެއްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން. (ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފަކު މި މަސައްކަތަށް ހުށަހަޅާނަމަ މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)
|
ވަޒީފާޢަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުގެ މެދުގައި އިންޓަރވިއު ބޭއްވޭނެއެވެ. އަދި މި މަޤާމަށް އައްޔަންކުރެވޭނީ މި ވަޒީފާ އަށް މީހުން ހޮވުމާއި އައްޔަންކުރުމަށް އެކުލަވާލެވިފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25މޭ 2024 އާއި 26 މޭ 2024 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް"(A2ޝީޓް)" އާންމުކުރުން.
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ" (A2ޝީޓް) ޢާއްމުކޮށް ފެންނާނެހެން ގެޒެޓްގައި އަދި މި އިދާރާގެ ފޭސްބުކް ޕޭޖްގައި ޢާއްމުކުރެވޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވައިގެންނާއި އީ-މެއިލް މެދުވެރިކޮށް އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
|