މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް ޗެކުކުރުން

ޢިމާރާތްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް ޗެކުކުރުން

މިމިނިސްޓްރީއަށް ކުރެހުން ފާސްކުރުމަށް ހުށަހަޅާ ޢިމާރާތްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް މިމިނިސްޓްރީން ދޭ މުއްދަތެއްގެ ތެރޭގައި ޗެކްކުރުމަށް 27 އެޕްރީލް 2015 ގައި ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ 2:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެރިވެލައްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި މިނިސްޓްރީގެ ނަންބަރު 3004172 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

14 ރަޖަބު 1436

03 މޭ 2015
ހޯދާ